މުބާރާތް
ނަންބަރު: (IUL)298/298/2026/32
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި:
26 ޖުލައި 2026 23:59
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
އިޢުލާން
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިކައުންސިލް އާއި އ.ތ.މ.ކޮމެޓީ އާއި ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 ޖުލައި 2026 ވަނަ ދުވަހުގެ ރޭ 23:59 އެވެ. ފޮޓޯ ހުށަހަޅެޅުމަށް ހަމަޖެހިފައިވަނީ " https://forms.gle/mGhkztR2W6poP81n9 " ފޯމް މެދުވެރި ކޮށެވެ.
މި މުބާރާތް ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު، މިއިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މުބާރާތާގުޅޭގޮތުން އިތުރު މަޢުލޫމަތު ސާފު ކުރެއްވުމަށް ގުޅުއްވާނީ، ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ 8:00 އިން 14:00 އާ ދެމެދު އަލިފުށި ކައުންސިލުގެ ނަންބަރު 6580021 އަށެވެ.
ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
22 ޖުލައި 2026