ވަޒީފާގެ ފުރުޞަތު
ނަންބަރު: Gs-163/2016/04
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 10 ފެބުރުވަރީ 2016 13:30
ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސަރވިސް:

ޓެކްނިކަލް ސަރވިސް

އޮފީސް:

ނާލާފުށީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

މ. ނާލާފުށީ ސްކޫލް

މަޤާމުގެ މުސާރަ:

-/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،500 ރުފިޔާ

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1- ސްކޫލް ހުޅުވަންޖެހޭ ރަސްމީ ގަޑިތަކުގައި ސްކޫލް ހުޅުވައި ލެއްޕުން.

2- ތަނުގެ އެންޓްރީ ބެލެހެއްޓުން.

3- ހުރިހާ ޔައުމިއްޔާތަށް ބެލެހެއްޓުން.

4- ކޮންމެ މުވައްޒަފަކަށް ޕާރސަނަލް ފައިލެއްހަދައި، އެމު ވައްޒަފެއްގެ ލިޔެކިޔުންތައް ބެލެހެއްޓުން.

5- ޗެކުހެދުމާއި، ޗެކުފޮތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6- މަސް ނިމުމުން، ކޮންމެ މަހެއްގެ ހާޒިރީ ރިޕޯޓް ހެދުން. 

7- ކޮންމެ މަހެއްގެ 17 ގެ ކުރިން މުސާރަޝީޓް ހަދައި ފޮނުވުމާއި، މުވައްޒަފުންނަށް ޤަވާއިދުން މުސާރަ ދިނުން.

8- އެކައުންޓާ އެއްގޮތަށް ސްޓޭޓްމަންޓަތައް ހުރިތޯ ބަލައި، މަހަކު އެއްފަހަރު ޗެކުކުރުން.

9- ސްކޫލުގެ އެކައުންޓުތަކާ ގުޅޭގޮތުން ފައިލްކުރަންހުރި ވައުޗަރާއި، ބިލާއި، ރިޕޯޓާއި، އެނޫންވެސް ތަކެތި، ހުއްދަދޭ ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

10- ސްކޫލުގެ ބަޖެޓުން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުން.

11- މީލާދީ ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ބަޖެޓް ރިޕޯޓް ތައްޔާރުކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.

12- ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުން.

 

 

 

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ސަރުޠު ހަމަވާނަމަ (ކަނޑައެޅިފައިވާ އިންސައްތަ: % 11)
  • ތަޢުލީމާއި ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ %8)
  • އިންޓަވިއުއާއި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ %43)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016  ފެބުރުވަރީ  10  ވާ  ބުދަދުވަހުގެ  މެންދުރުފަހު  13:30  ގެ  ކުރިން،  މި  ސްކޫލުގެ އޮފީހަށެވެ. ވަޒީފާއަށް  އެދޭ  ފޯމާއި  ލިޔުންތައް،  އީމެއިލް  މެދުވެރިކޮށްވެސް  ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސްގެ ވެބުސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސްކޫލުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަވިއު އޮންނާނީ، މި ސްކޫލުގައެވެ. އިންޓަވިއު ބާއްވާނެ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އަންގާނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޢުލޫމާތު ސާފުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 7952907 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

22 ރަބީޢުލްއާޚިރު 1437

01 ފެބުރުވަރީ 2016