ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2026/53
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 29 ޖުލައި 2026 23:59
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުމުންދޫގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ޖިމް އަޅާ ސަރަޙައްދާއިގުޅޭ

ހދ. ކުމުންދޫގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ޖިމް އަޅާ ސަރަޙައްދުގައި އަމިއްލަ މީހެއްގެ ރުއްގަހެއްވާނަމަ އެރުއްގަސްތަކުގެ ވެރިން 2026 ޖުލައި 29 ވާ ބުދަ ދުވަހުގެ ކުރިން ނެގުމަށް ދަންނަވަމެވެ.  އަލަށް ތަރައްޤީކުރާ ޖިމް އެޅުމަށް ހަމަޖެހިފައިވަނީ ހދ. ކުމުންދޫ އަންޑާޕޫލް އޭ ކިޔާ ގޯތީގެ ދެކުނުން ކުލަބު ސަމާ އިރުން އޮތް ހުސްބިމުގައެވެ.

     މިއިއުލާނާއެކު ބިމުގެ ސަރަޙައްދު އެނގޭނެ ޗާޓް އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

    ވީމާ،މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

22 ޖުލައި 2026