ދިވެހިރާއްޖެ
އިޢުލާން
2016 ވަނަ އަހަރު މި ސްކޫލުގެ ގްރޭޑް 11 އަށް ކުދިން ވެއްދުމާބެހޭ
2016 ވަނަ އަހަރު މި ސްކޫލުގެ ގްރޭޑް 11 ގައި ކިޔެވުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ދަރިވަރުންނަށް ސްކޫލަށް ވަނުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
- ޝަރުޠު ( ފުރަތަމަ ކްރައިޓީރިއާ ) :
1- އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހިބަސް ނުވަތަ އިސްލާމިކް ސްޓަޑީޒުން ފާސްވެފައިވުން. އަދި
2- އައި.ޖީ.ސީ.އެސް.އީ / ޖީ.ސީ.އީ އޯލެވެލްގެ ސައިންސް ސްޓްރީމުން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުމާއެކު، އިތުރު 1 މާއްދާއިން ފާސްވެފައިވުން. ( ޖުމްލަ 3 މާއްދާ )
- ޝަރުޠު ( ދެވަނަ ކްރައިޓީރިއާ ) :
1- ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުތަކުގެ މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން. މި މާއްދާތަކުގެ ތެރޭގައި އެޑެކްސެލް އޭ ލެވެލަށް ސްކޫލްގައި ކިޔަވައިދިނުމަށް ހުއްދަދެވިފައިވާ މާއްދާތަކުގެ ތެރެއިން ސްޓްރީމް 2 މާއްދާ ހިމެނުން. (ސައިންސް ސްޓްރީމް: ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި މެތަމެޓިކްސް)
2- މާއްދާއަކުން ފާސްވިކަމަށް ބެލެވޭނީ ދަށްވެގެން C ފާސް ލިބިފައިވުން.
- އިތުރު ޝަރުޠުތައް:
1- ފާއިތުވި 2 އަހަރުދުވަހުގެ ތެރޭގައި އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ހަދާފައިވާ ދަރިވަރަކު ކަމުގައިވުން.
2- ރާއްޖޭގެ ޤާނޫނާއި ގަވާއިދާ ޚިލާފުވެފައިވާ، ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއް ކަމުގައިނުވުން.
3- އެންމެ ފަހުން ދަރިވަރު ތަޢުލީމު ހާސިލުކުރި ސްކޫލުގައި ރަނގަޅު އަޚުލާޤީ ރެކޯޑެއް އޮތުން.
4- ހިނގަމުންދާ އަހަރުގެ ޖޫންމަހުގެ 1 އަށް، 21 އަހަރު ފުރިފައިނުވުން.
5- ކައިވެންޏެއް ކޮށްފައިނުވުން.
6- މަތީ ޘާނަވީ ފެންވަރަށް ކިޔެވުމަށް މީގެކުރިން ސަރުކާރު ސްކޫލެއްގައި ރަޖިސްޓަރީވެފައިނުވުން.
ވީމާ، މި ސްކޫލުގެ ގްރޭޑް 11 ގައި ކިޔެވުމަށް ޝަރުޠު ހަމަވާ ދަރިވަރުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ފޯމު ހުށަހެޅުން އެދެމެވެ. ފޯމު ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.
- ދެވަނަ ކްރައިޓީރިއާއަށް ދަރިވަރުންނަށް ފުރުޞަތު ދެވޭނީ ފުރަތަމަ ކްރައިޓީރިއާއަށް ދަރިވަރުންނަށް ފުރުޞަތު ދިނުމަށްފަހު ޖާގަ އޮތް މިންވަރަކުން.
- އިތުރު މަޢުލޫމާތު: ފޯނު 6580262 އަށް ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.
21 ރަބީޢުލްއާޚިރު 1437