ދިވެހިރާއްޖެ
ރަށުގެ އިރުމަތީކޮޅު ދަނޑުވެރިކަންކުރާ ސަރަޙައްދުގައި، ކައުންސިލުގެ ގްރީންހައުސްގެ އިރުމަތިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަތްކެޔޮ ދަނޑު ހެދުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން ނެގުމަށްފަހު އެ ސަރަޙައްދުގެ އުތުރުގައި ބެހެއްޓިފައިވާ ރުއްގަހާއި، އެ ސަރަޙައްދުގެ އުތުރުގައި، މިކައުންސިލުން ދަނބުކުލައިން ނަންބަރުޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު، 2026 ޖުލައި 30 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ފޯމް ތިރީގައިވާ ލިންކުންނާއި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.
ފޯމްގެ ލިންކް: vaikaradhoo.gov.mv/ruhgahuge-badhalu-form
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.