މަސައްކަތް
ނަންބަރު: GS62/I/2026/04
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 30 ޖުލައި 2026 12:00
މަރަދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ގޯތި ތެރޭގައި ވޯކްވޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް.

މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ގޯތި ތެރޭގައި ވޯކްވޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 22 ޖުލައި 2026 އިން 30 ޖުލައި 2026 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

މި ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންއޮންނާނީ 02 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި ސުކޫލުގެ މީޓިންގ ރޫމްގައެވެ.

ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 06 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ސްކޫލުގެ މީޓިންގ ރޫމްގައެވެ.

ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަރަދޫ ސްކޫލް

މަރަދޫ ، އައްޑޫސިޓީ

ފޯން: 6890941

އީ-މެއިލް:  [email protected]

22 ޖުލައި 2026