ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)250/250/2026/34
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:10
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކަނޑާލިފިނޮޅަށް އަރާފޭބުމާއި ގުޅޭ

05 މާރިޗް 2026 ވަނަ ދުވަހު ޝާއިޢުކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (ނަންބަރު: 2026/8) ގެ ދަށުން، ހއ. ކަނޑާލިފިނޮޅަކީ ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގެ ބައެއް ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން، އެ ރަށް ބެލެހެއްޓުމާއި، ތަރައްޤީ ކުރުމާއި، އިދާރީގޮތުން ހިންގުމާއި، ރަށުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން އެ ރަށުގައި ހިންގޭ އެންމެހައި ޙަރަކާތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި މަސްއޫލިއްޔަތު އޮތީ މި ކައުންސިލަށެވެ.

މި އިޝާރާތްކުރެވުނު ޤަރާރުން މިކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން ޢާންމު ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

މި އިޢުލާން ޝާއިޢުކުރެވުނު ވަގުތުން ފެށިގެން، ވަށަފަރު ކައުންސިލްގެ އިދާރާއިން ކުރިއާލާ ދެވޭ ހުއްދައެއް ނެތި، އެއްވެސް ފަރާތަކުން ނުވަތަ އުޅަނދަކުން ހއ. ކަނޑާލިފިނޮޅަށް އެރުމާއި، އެ ރަށަށް ބަނދަރުކުރުމާއި، އެ ރަށުގައި އެއްވެސް ބާވަތެއްގެ ޙަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. މިފަދަ ހުއްދައަކާ ނުލައި އެ ރަށަށް އަރާ ނުވަތަ އެއްވެސް މަސައްކަތެއް ކުރާ ފަރާތްތަކަކީ ޤާނޫނީ ހުއްދައެއް ނެތި އެކަންކަން ކުރާ ފަރާތްތަކެއް ކަމުގައި ބެލެވޭނެއެވެ. އަދި އެފަދަ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުތަކާއި، ޤަވާއިދުތަކުގެ ދަށުން އަޅަންޖެހޭ އިދާރީ އަދި ޤާނޫނީ ފިޔަވަޅުތައް އެޅޭނެއެވެ.

ހއ. ކަނޑާލިފިނޮޅަށް މީގެ ކުރިން އެއްވެސް ހުރަހެއްނެތި އަރާ ފޭބުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައެވެ. މިދެންނެވުނު މުއްދަތުގެ ތެރޭގައި އެ ރަށުގެ ގުދުރަތީ މާހައުލަށާއި މުދަލަށް ގެއްލުން ލިބޭފަދަ ކަންތައްތަކެއް ވަނީ ހިނގާފައެވެ. އޭގެ ތެރޭގައި ކުނި އެޅުމާއި، ހުއްދަނެތި ވެލި ނެގުމާއި، ގަސްގަހާގެއްސަށް ގެއްލުން ދިނުމުގެ އިތުރުން، ހުޅުޖެހުން ފަދަ ނުރައްކާތެރި އަމަލުތައްވެސް މަދުން ނަމަވެސް ވަނީހިނގާފައެވެ.

އެހެންކަމުން، ރަށް ބެލެހެއްޓުމުގެ ކަންކަން ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ރަށުގެ ގުދުރަތީ މާހައުލާއި އާންމު މުދާ ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ރަށަށް ޒިޔާރާތް ކުރައްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރަށަށް އަރާ ފޭބުން ވަކި އުސޫލެއްގެ ދަށުން ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ފިޔަވަޅެއް މި އިޢުލާން މެދުވެރިކޮށް މިވަނީ ތައާރަފުކުރެވިފައެވެ. މި ފިޔަވަޅަކީ ވަށަފަރު ކައުންސިލުގެ ގާނޫނީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މަގުފަހިކުރުމަށްޓަކައި އެޅުން ފިޔަވަޅެކެވެ.

މި އިޢުލާނުގައިވާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެކަން ތަންފީޒުކުރުމުގައި ސަރުކާރުގެ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކުގެ އިތުރުން، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، އާންމު އެންމެހައި ފަރުދުންގެ ފުރިހަމަ އެއްބާރުލުމަށް ހއ. ވަށަފަރު ކައުންސިލުން އިލްތިމާސްކުރަމެވެ. ހއ. ކަނޑާލިފިނޮޅަކީ އެންމެންގެ ހިއްސާ އޮވެގެން ބަލަހައްޓާ ރަށެއްގެ ގޮތުގައި ހަދައި، އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ އެ ރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، ތިމާވެއްޓާއި އާންމު މުދާ ރައްކާތެރިކުރުމަށް ލިބޭނެ ބޮޑު ބާރެކެވެ. އަދި މިކަމުގެ ސަބަބުން އެ ރަށަކީ އެންމެނަށް ބޭނުންކުރެވޭނެ، ހިތްފަސޭހަ އަދި އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭނެ މަންޒިލެއްގެ ގޮތުގައި ދެމިއޮންނާނެކަން ކަށަވަރުކުރެވޭނެއެވެ.

ހުއްދައަށް އެދުމަށާއި، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.

* 9720006 އަޙްމަދު ޝަމްޢޫން / ކައުންސިލްގެ ރައީސް

* 7940980 މުހައްމަދު ޒަހީން / ކައުންސިލްގެ ނައިބު ރައީސް

* 9642399 މަހާސިން މުޙައްމަދު / އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

* 9157188 ޢަބްދުﷲ ނަޢުޝާދަ / އެސޯސިއޭޓް ކައުންސިލް އޮފިސަރ

މި އިޢުލާނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. އަދި ވަށަފަރު ކައުންސިލްގެ އިދާރާއިން މި އިޢުލާނަށް ބަދަލެއް ގެންނަންދެން ނުވަތަ ބާތިލުކުރަންދެން މި އެންގުން ދެމިއޮންނާނެއެވެ.

 

Regulation of Entry to Ha. Kan'daalifinolhu

The Secretariat of the Vashafaru Council hereby informs all government institutions, private organizations, residents, visitors, vessel operators, tour operators, and the general public that, pursuant to Presidential Executive Order No. 8/2026, issued on 5 March 2026 by the President of the Republic of Maldives, Dr. Mohamed Muizzu, Ha. Kan’daalifinolhu has been designated as part of the Secretariat of the Vashafaru Council. Accordingly, the Secretariat of the Vashafaru Council is vested with the authority and responsibility for the administration, development, management, protection, and regulation of all activities conducted on the island.

In exercise of the powers conferred upon the Council by the aforementioned Executive Order, The Secretariat of the Vashafaru Council hereby directs that, with immediate effect, no person, vessel, Government institution, private organization, or any other entity shall enter, land on, access, occupy, or undertake any activity on Ha. Kan’daalifinolhu without the prior permission of the The Secretariat of the Vashafaru Council. Any person or entity entering Ha. Kan’daalifinolhu or conducting any activity thereon without the prior authorization of The Secretariat of the Vashafaru Council shall be regarded as acting without lawful permission and shall be subject to the applicable laws, regulations, and administrative measures of the Republic of Maldives.

The unrestricted access that previously existed has, over time, resulted in activities that have adversely affected the natural environment and public assets of Ha. Kan'daalifinolhu, including excessive littering, unauthorized extraction of sand, damage to vegetation, and incidents of arson. Accordingly, this Notice introduces reasonable measures to regulate access to the island in order to support its orderly administration, protect and preserve its natural environment, safeguard public safety and public assets, and enable the Vashafaru Council to effectively discharge its statutory functions and responsibilities.

The Vashafaru Council calls upon all Government authorities, public institutions, private organizations, residents, visitors, vessel operators, tour operators, and members of the general public to extend their full cooperation in observing the provisions of this Notice. By working together as partners in the stewardship of Ha. Kan'daalifinolhu, we can preserve its natural beauty, protect its environment and public assets, and ensure that the island remains a welcoming and enjoyable place for all, both now and in the future.

For permission requests and any related inquiries, please contact the following numbers:

  • 9720006  Ahmed Shamoon / Council President
  • 7940980  Mohamed Zaheen / Council Vice President
  • 9642399  Mahaasin Mohamed / Assistant Council Executive
  • 9157188 Abdulla Naushad / Associate Council Officer

This Notice shall come into force with immediate effect upon its issuance and shall remain in force until amended or revoked by The Secretariat of the Vashafaru Council.

A copy of the aforementioned Presidential Executive Order is annexed to this announcement for the reference, guidance, and necessary information of all concerned parties.

22 ޖުލައި 2026