ދިވެހިރާއްޖެ
ސިވިލްކޯޓު ހުޅުމާލެ ޑިވިޜަން ކުރިން ހިންގި ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޢިމާރާތް މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓުކުރެއްވުމަށް އެދި މި ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް ތިރީގައިވާ މައުލޫމާތާ އެކު މެއިލްކުރެއްވުމަށް ދަންނަވަމެވެ.
- ހުށަހަޅާ ވިޔަފާރީގެ ނަން
- ވިޔަފާރި ރަޖިސްޓަރީ ނަންބަރު އަދި އެސް.އެމް.އީ ރަޖިސްޓްރީ ނަންބަރު
- ގުޅޭނެ ފަރާތުގެ ނަން
- މެއިލް އެޑްރެސް
- ފޯނު ނަންބަރު
އަދި ތިރީގައިވާ ތާވަލާއި އެއްގޮތަށް ސިވިލްކޯޓު ހުޅުމާލެ ޑިވިޜަން ކުރިން ހިންގި ޢިމާރާތަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް މި ޑިޕާރޓްމަންޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް/ ދުވަސް |
ގަޑި |
ޙާޟިރުވާންޖެހޭ ތަން |
|
މަޢުލޫމާތު ސާފުކުރުން |
28 ޖުލައި 2026 (އަންގާރަ) |
14:00 |
ސިވިލްކޯޓު ހުޅުމާލެ ޑިވިޜަން ކުރިން ހިންގި ޢިމާރާތް/ ހުޅުމާލެ |
|
އަންދާސީ ހިސާބު ހުށަހެޅުން |
02 އޮގަސްޓް 2026 (އާދީއްތަ) |
10:30 |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ސިވިލްކޯޓު ހުޅުމާލެ ޑިވިޜަނަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިހެންވެ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.