ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 144-A3/2016/88
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި:
11 ފެބުރުވަރީ 2016 12:30
ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަކެތި ގަތުމަށް
އިޢުލާން
މިކޯޓުގައި ބޭނުންކުރަމުންދާ IBM ސާރވަރ އަޕްގްރޭޑް ކުރުމަށް ތަކެތި ގަތުމަށް ކުރެވުނު ނަންބަރު A3/2016/25-ފ144 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ސާރވަރ ރެމް އަދި ސާރވަރ ހާޑްޑިސްކް ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް ތީމުގޭގެ އުތުރުން ހަވީރީހިނގުމުގައި ހުންނަ ސިވިލް ކޯޓުގެ ޢިމާރާތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް ތީމުގޭގެ އުތުރުން ހަވީރީހިނގުމުގައި ހުންނަ ސިވިލް ކޯޓުގެ އިމާރާތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
23 ރަބީޢުލްއާޚިރު 1437
02 ފެބުރުވަރީ 2016