ޢާންމު މަޢުލޫމާތު
ނަންބަރު: GS-157/2016/IU07
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި:
11 ފެބުރުވަރީ 2016 14:00
ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގްރޭޑް 11 އަށް ކުދިން ނަގަން ހަމަޖެހިފައިވާ ކްރައިޓީރިއާ
އިޢުލާން
މި އަހަރުގެ މާރިޗުމަހުން ފެށިގެން މި ސްކޫލުގައި މަތީ ޘާނަވީއަށް ކިޔަވައިދިނުން ފެށުމަށްޓަކައި ދަނީ މަސައްކަތް ކުރެވެމުންނެވެ. ވީމާ، 2014 އަދި 2015 ވަނަ އަހަރު ގްރޭޑް 10 ނިންމައި، ޘާނަވީ އިމްތިޙާންތައް ހަދާފައިވާ ދަރިވަރުންގެ ތެރެއިން ތިރީގައިވާ ޝަރުޠުތައް ހަމަވާ ދަރިވަރުން، މި މަރުކަޒުން ދޫކުރާ ''މަތީ ޘާނަވީއަށް ވަނުމަށް އެދޭ ފޯމު'' ފުރުއްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ގްރޭޑް 11 އަށް ކުދިން ނަގަން ހަމަޖެހިފައިވާ ކްރައިޓީރިއާ:
- އެސް. އެސް. އިމްތިޙާނުގެ ދިވެހިބަސް، ނުވަތަ އިސްލާމިކް ސްޓަޑީޒުން ފާސްވުން.
- އައި. ޖީ. ސީ. އެސް. އީ، ޖީ. ސީ. އީ އޯލެވެލްގެ ކޮމާރސް ސްޓްރީމްގެ މަދުވެގެން 2 މާއްދާއިން ފާސްވެފައިވުމާއެކު، އިތުރު 1 މާއްދާއިން ފާސްވެފައިވުން ( ޖުމްލަ 3 މާއްދާ )
އިތުރު މަޢުލޫމާތު:
- ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގ، ކޮމާރސް، ބިޒްނަސް، އިކޮނޮމިކްސް އަދި މެތަމެޓިކްސް.
- މީގެ އިތުރުން އޮޕްޝަނަލް ސަބްޖެކްޓެއްގެ ގޮތުގައި ބައޮލޮޖީ ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހަމަޖެހިފައިވާ އުސޫލުން ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ.
- މާއްދާއަކުން ފާސްވެއްޖެކަމަށް ބެލެވޭނީ A* , A , B , ނުވަތަ C ގްރޭޑް ލިބިގެންނެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 2016 ފެބުރުވަރީ 1 ން ފެށިގެން 11 ފެބުރުވަރީ 2016 ގެ ނިޔަލަށް ރަސްމީ ގަޑީގައެވެ.
- މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި ސްކޫލް ނަންބަރު 6680817 އަށް ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަދި ސްކޫލް ބަންދު ގަޑީގައި މި ކަމާ ގުޅުންހުރި ކަންކަމުގައި 9996665 އަށް ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.
22 ރަބީޢުލްއާޚިރު 1437
01 ފެބުރުވަރީ 2016