ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/31
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 11 ފެބުރުވަރީ 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ އެޑްމިނިސްޓްރޭޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: މެނޭޖަރ އެޑްމިނިސްޓްރޭޝަން

މުސާރަ އާއި އެލަވަންސް:

މަހަކު -/14000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠު:

އަންޑަރ ގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު، މަޤާމާއި ގުޅޭ ދާއިރާއިން 3(ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ ސެކްޝަނުގެ އިސް މަޤާމެއްގައި  5(ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކުންފުނީގެ އިދާރީ މަސައްކަތްތައް ރާވައި، ހިންގުމުގެ އިންތިޒާމްކޮށް، ބެލެހެއްޓުން.
  2. ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކޯޕަރޭޝަނުގެ ކަންކަން ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން؛
  3. ކުންފުނީގެ  އޮޕަރޭޝަންސާއި ލޮޖިސްޓިކް މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ސުޕަވައިޒްކުރުން.
  4. ކުންފުނީގެ އެއްގަމު ދަތުރުފަތުރަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުމާއި، ވެހިކަލްތައް ބޭނުންކުރުމާއި، ބެލެހެއްޓުން.
  5. ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ޢިމާރާތްތައް ބެލެހެއްޓުމާއި، މަރާމާތުކުރުމާއި، ސާފުތާހިރުކަންމަތީ ބޭއްވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި މޮނިޓަރކުރުން.
  6. ކުންފުނީގެ އިންފްރާންސްޓްރަކްޗަރއާއި، މިލްކުގައިވާ އެހެން ތަކެއްޗާއި ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި، އެކަން މޮނިޓަރކުރުން.
  7. ކުންފުނީގެ އިންފްރާންސްޓްރަކްޗަރ، ވިޔަފާރި އުޞޫލުން ބޭނުންކޮށްގެން ޢާމްދަނީ ހޯދުމަށް އެހީތެރިވުން.
  8. ކުންފުންޏަށް ބޭނުންވާ ތަކެތި ހޯދުމާއި، ކުންފުނީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ސްޓޮކަށް ބޭނުންވާ ތަކެތި ދެނެގަނެ، އެތަކެތިހޯދުމާއި، ސްޓޮކް ބެލެހެއްޓުން.
  9. ކުންފުނީގެ  މެއިންޓެނަންސާއި، ސެކިޔުރިޓީ ބެލެހެއްޓޭނެ އިންތިޒާމްތައް ކޮށް، ސުޕަވައިޒްކުރުން.
  10. އެކި ބޭނުންތަކަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމާއި، ކޯޕަރޭޝަނުގެ ފްރޮންޓް އޮފީސް ރާވައި، ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި ސުޕަވައިޒްކުރުން؛
  11. ކޯޕަރޭޝަނުގެ ހުރިހާ ޑިޕާޓްމަންޓްތަކަށް އަންނަ މެއިލްތަކާއި، ފެކްސްތަކާއި، އެނޫން ވަސީލަތްތައްތަކާއި ގޮތްތަކަށް އަންނަ ލިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ރައްދުކުރެވޭނެ އުޞޫލުތަކާއި އިންތިޒާމްތައް ހަމަޖައްސައި، އެކަން މޮނިޓަރކުރުން.
  12. ކުންފުނީގައި އެކިފެންވަރުގައި ބާއްވާ ބައްދަލުވުންތަކާއި، މުވައްޒަފުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ވެރިންނާއި މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ މާޙައުލު ޤާއިމްކޮށްދިނުމާއި، އެފަދަ ބައްދަލުވުންތައް ބޭއްވުމަށް  ބޭނުންވާ އެހީތެރިކަން ލިބިދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން.
  13. މުވައްޒަފުންގެ ދަތުރުތަކާބެހޭ ކަންކަން ކުރިޔަށް ގެންދާނެގޮތް ރެވުމާއި، އިންތިޒާމްކުރުން.
  14. މުވައްޒަފުންގެ ރިކްރިއޭޝަންގެ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، މަސައްކަތާ ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައް ހުރި މިންވަރު ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ މާސްޓާރސް ޑިގްރީ ސެޓުފިކެޓާއި، ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަގާމަށް އެދޭ ފަރާތްތަކުން، 2016 ފެބުރުވަރީ 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

23 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016