މުބާރާތް
ނަންބަރު: (IUL)337-PP/337/2026/47
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 03 އޮގަސްޓް 2026 13:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 2026 ވަނަ އަހަރުގެ ކުޅިވަރު މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި އިއުލާން ކުރުމާއި ގުޅޭ

(IUL)337-PP/337/2026/47 ނަންބަރު

އިޢުލާން

 

މާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 2026 ވަނަ އަހަރުގެ ކުޅިވަރު މުބާރާތް  ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެދި އިއުލާން ކުރުމާއި ގުޅޭ

 

މި އިދާރާގެ ނަންބަރު  (IUL)337-PP/337/2026/4107 ޖުލައި 2026 އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ

 މިކައުންސިލްގެ ސްޕޯޓްސް ކަލަންޑަރުގައިވާ ގޮތަށް މުބާރާތްތައް ކުރިއަށް ގެންދިއުމަށާއި،މި ކަލަންޑަރުގައި ހިމެނޭ  މާފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "މަހާރަނި ފުޓްސަލް މުބާރާތް 2026" ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ރަށުގެ ކްލަބްތަކާއި،ޖަމްއިއްޔާތައް ނުވަތަ އަމިއްލަ ވިޔަފާރިތަކުން 03 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

  ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:

އަގު:

ތަޖުރިބާ

80%

20%

 

ޕްރޮޕޯސަލް ބަލައިގަތުން:

03 އޮގަސްޓު  2026 ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073/ 7201050  ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

7 ޞަފަރު 1448

21 ޖުލައި 2026

 

21 ޖުލައި 2026