ދިވެހިރާއްޖެ
އިޢުލާން
ގަބުރުސްތާނުގެ ވަށައިފާރު ރޭނުން
މިރަށު އުތުރުކޮޅުން ނަގާފައިވާ ގަބުރުސްތާނުގެ ވަށައިފާރު ރޭނުމާއި ހިނަވާގެއެއް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު IUL(MU)/2016/01-ފ401 (14 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށްފީމެވެ.
ވީމާ، ގަބުރުސްތާނުގެ ވަށައިފާރު ރޭނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ފެބުރުވަރީ 2016 (އާދީއްތަ) ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ފެބުރުވަރީ 2016 (ބުރާސްފަތި) ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.
21 ރަބީޢުލްއާޚިރު 1437