މަސައްކަތް
ނަންބަރު: GS160/2016/041
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 08 ފެބުރުވަރީ 2016 13:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މަދަރުސާ
ދިވެހިރާއްޖެ
ފާޚާނާ ބްލޮކް އިމާރާތް ކުރުން

ފާޚާނާ ބްލޮކް އިމާރާތް ކުރުން

މި މަދަރުސާގެ ނަންބަރު GS160/2016/011 އިން 06 ޖަނަވަރީ 2016 ގައި 03 ފާޚާނާގެ ފާޚާނާ ބްލޮކެއް ހެދުމަށް ކުރި އިޢުލާނަށް ބިޑް ހަމަނުވުމުގެ ސަބަބުންނާއި، ހުށަހަޅާފައިވާ ބިޑްގެ އަގުބޮޑުކަމަށް މިނިސްޓްރީން ދެންނެވުމާ ގުޅިގެން މި އިޢުލާން ބާޠިލުކޮށް، އަލުން އަމިއްލަ ތަކެތީގައި 04 ފާޚާނާގެ ފާޚާނާ ބްލޮކެއް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކެއް ހޯދުމަށް އިޢުލާންކުރީމެވެ.

ވީމާ، ތިރީގައި މިދަންނަވާ ގަޑިތަކުގައި މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

08 ފެބުރުވަރީ 2016

13:00

އދ. ދިގުރަށު މަދަރުސާ

އަންދާސީހިސާބު ހުށަހެޅުން

15 ފެބުރުވަރީ 2016

13:00

އދ. ދިގުރަށު މަދަރުސާ

އަދި، ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.

31 ޖަނަވަރީ 2016