ބީލަން
ނަންބަރު: GS198/IUL/2026/11
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 02 އޮގަސްޓް 2026 11:00
މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ކަރަންޓް ވިއުގަ އަޕްޑޭޓު ކުރުމާއި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

`

މާމެންދޫ ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަ އެޑިޔުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް

   ގއ. މާމެންދޫ

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ކަރަންޓު ވިއުގަ އަޕްޑޭޓު ކުރުމާއި އޭސީތައް ހަރުކުރުމާއި ގުޅޭ: 

  1. މި ސްކޫލަުގައި ތިރީ ފޭސް މީޓަރ ބޮކުސްއެއް ހަރުކޮށް ކަރަންޓް ވިއުގަ ރަނގަޅުކޮށް އޭސީ ތަކެއް ހަރުކުރުމަށް ބޭނުންވެއްޖެއެވެ.
  2. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް އަދި މަސައްކަތުގެ ތަފްޞީލު ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެ އެވެ.
  3. މި ބީލަން ރަޖިސްޓްރީ ކުރުމަށް 2026 ޖުލައި 21 އިން ފެށިގެން 2026 ޖުލައި 29 ވަނަ ދުވަހު 12:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކް: https://forms.gle/eGPRmi9x541H4raP8

  4. މި ޕްރޮކިއުމެންޓާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2026 ޖުލައި 29 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިޢުލާންގެ 7ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޯގަސްޓް 2 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މާމެންދޫ ސްކޫލުގެ އޮފީސް އިދާރާގައެވެ.

  6. މި ބީލަމާއި ގުޅޭ އެންމެހައި ލިޔެ ކިޔުންތައް ސޮފްޓުކޮޕީ ފޯރމެޓުގައި މި އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާނެއެވެ. މި ބީލަމާއި ގުޅިގެން ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު ހޯދުމަކީ، ބީލަމަށް ކުރިމަތިލާފަރާތުގެ ޒިންމާއެކެވެ.

  7. މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

            ގއ. މާމެންދޫ ސްކޫލު އޮފީސް

             ފޯނު: 7983093

             އީ-މެއިލް: [email protected]

7 ޞަފަރަ 1448

21 ޖުލައި 2026

21 ޖުލައި 2026