ދިވެހިރާއްޖެ
ގދ.އަތޮޅު މަދަރުސާގައި ހުރި ބައު ތަކެތި ނީލަންކިޔުން
ގދ.އަތޮޅު މަދަރުސާގައި ހުރި ބައުވެ ހަލާކުވެފައިވާތަކެތި ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ގދ.އަތޮޅު މަދަރުސާގެ ގޯތިތެރޭގައެވެ
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2026 ޖުލައި 29 ވަނަ ދުވަހު ގދ.އަތޮޅު މަދަރުސާއަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިޔަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ.
ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ގދ.އަތޮޅު މަދަރުސާއަށް ވަޑައިގަތުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ އަގު ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv
އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.
21 ޖުލައި 2026