ދިވެހިރާއްޖެ
ރުއްގަހުގެ ވެރި ފަރާތް ހޯދުން:
ކޮނޑޭ އިރު އުތުރު ފަރާތުން ގއ.ކޮނޑޭ ރަޔަންއާއި، ލައިމްބީޗާއި ދެމެދުން ގަބުރުސްތާނު ހެދުމަށް ކަނޑައެޅިފައިވާ 61*86 މީޓަރުގެ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.
ވިމާ، ކޮނޑޭ އިރު އުތުރު ފަރާތުން ގއ.ކޮނޑޭ ރަޔަންއާއި، ލައިމްބީޗާއި ދެމެދުން ގަބުރުސްތާނު ހެދުމަށް ކަނޑައެޅިފައިވާ 61*86 މީޓަރުގެ ބިމުގައި އެއްވެސް ފަރާތަކުން އިންދާ ހައްދާފައިވާ ރުއްގަސް ހުރިނަމަ 28 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޝަރީއަތުން މިލްކުވެރިކަން ސާބިތު ކޮށްފައިވާ ކަމުގެ ލިޔުން ނުވަތަ ރުއްގަސް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ސިޓީއަކާއެކު ހުށަހެޅުއްވުން އެދެމެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފު ކުރެއްވުމަށް ރަސްމީ ގަޑީގައި 6820019 އަށް ގުޅުއްވުން އެދެމެވެ.
މި އިޢުލާނާއެކު ގަބުރުސްތާނު ބިމެނޭ ސަރަހައްދުގެ ޗާޓް އެއްއުރަ ކުރެވިފައި ވާނެއެވެ.