މަސައްކަތް
ނަންބަރު: 401-IUL(MU)/2016/08
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 10 ފެބުރުވަރީ 2016 13:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ގަބުރުސްތާނު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

މިރަށު ކުރިގަމު އަވަށު ގަބުރުސްތާނާއި މެދުއަވަށު ގަބުރުސްތާނު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ފެބުރުވަރީ 2016 (ބުދަ) ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ފެބުރުވަރީ 2016 (އަންގާރަ) ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.   

23 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016