ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުން:
ޤަވައިދު ނަންބަރު: R-181/2022ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމައިބެހޭ ޤަވައިދު ގެ (9) ވަނަ މާއްދާގެ (ހ) ގައިވާގޮތުން، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ކަނޑައަޅާނީ އެރަށެއްގެ ރަށުކައުންސިލުންކަމަށް ވާތީ، ކުރިން މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާފައިވާ އަގު ދިރާސާކުރުމަށްފަހު، 2026 ޖުލައި 15 ވަނަ ދުވަހު ބޭއްވި މި ކައުންސިލްގެ 5 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުން، ށ. މިލަންދޫ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ސަރުކާރަށް ދައްކަންޖެހޭ އަގެއްގެ ގޮތުގައި ނިންމަވާފައިވަނީ، އަކަފޫޓަކަށް 90.00ރ (ނުވަދިހަ ރުފިޔާ) އެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.