ދެންނެވުން
ނަންބަރު: (IUL)384/384/2026/40
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި:
29 ޖުލައި 2026 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން 2026 ޖުލައި 29 ވާ ބުދަ ދުވަހުގެ 13:00 ގައި މިކައުންސިލްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ބައްދަލުވުމުގެ އެޖެންޑާ
- 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ހިއްސާކުރުން.
- 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް އަދި މަސައްކަތު ތާވަލް ތައްޔާރު ކުރުމަށް ޙިޔާލުހޯދުން
ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ތ މަޑިފުށީގެ ހުރިހާ ރައްޔިތުންނަށް އަރުވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޖުލައި 2026