ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)235-CA/235/2016/1
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 11 ފެބުރުވަރީ 2016 13:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް، ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު     

މަޤާމުގެ ނަންބަރު:

J223046

ބޭނުންވާ އަދަދު:       

1 (އެކެއް)

ރޭންކް:

އެސް. އެސް. 3                                              

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގުރޭޑް 3

މުސާރަ:            

-/3875 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ/ ކޯޕަރޭޓް އެފެއާޒް

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ ތަޢުލީމާއި، ތަޖުރިބާތައް:

  1. މަޤާމަށް  ބޭނުންވާ  ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. މަޤާމުގެ   މަސައްކަތާ   ގުޅޭ   ދާއިރާއަކުން   ދިވެހިރާއްޖޭގެ   ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  1  ހާސިލުކޮށްފައިވުން.

މަޤާމުގެ  މަސްއޫލިއްޔަތާއި ވާޖިބުތައް:

ކުނިކަހައި ފޮޅައި ސާފުކުރުމަށް ވ. އަތޮޅު ކައުންސިލް އިދާރާއިން ހަވާލުކުރާ ތަންތަން ކުނިކަހައި ފޮޅައި ސާފުކުރުމާއި، އޮފީހުގެ ބަގީޗާ ގަސްތަކަށް ފެންދިނުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުމާއި، ގެންދަންޖެހޭ ތަކެތި ގެންދިއުމުގެ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.

އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލާއި، އިމްތިޙާނުކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްތަދު ހަމަވާތާ ރަސްމީ 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، ވަޒީފާއަށް އެދޭފޯމާއި، ފޯމާއެކު ހުށަހަޅަށްޖެހޭ އެންމެހައި ލިޔުންތައް، ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

 

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށްއެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.  
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6700502   ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6700715 އެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ.

22 ރަބީޢުލްއާޚިރު 1437

01 ފެބުރުވަރީ 2016