ދިވެހިރާއްޖެ
ނަންބަރު: (IUL)301/301/2026/45 (05 ޖުލައި 2026) އިޢްލާންގައިވާ މުއްދަތު ހަމަވިއިރު ބައެއް ފަރާތްތަކުން ރުއްތަކުގެ ނަންބަރު ހުށަހަޅާފައިނުވާތީ ނަންބަރު ހުށަހަޅާފައިނުވާ ފަރާތްތަކުން ނަންބަރުތައް ހުށަހެޅުމަށް 2 ވަނަ ފަހަރަށް ފުރުޞަތުހުޅުވާލީމެވެ.
ވީމާ، މި ރުއްތަކުގެ ނަންބަރު ހުށަހަޅާފައިނުވާ ފަރާތްތަކުން 2026 ޖުލައި 30 ވާ (ބުރާސްފަތި) ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ރުކުގައި ޖަހާފައިވާ ނަންބަރު ނޯޓުކޮށް މި އިދާރާއަށް ހުށަހެޅުއްވުން އެދި އާއްމުކޮށް އަންގައި އިޢްލާންކުރީމެވެ. މިލްކު ސާބިތުކޮށްފައިވާ ރުއްތަކުގެ މިލްކުސާބިތުކުރި ފަތުގެކޮޕީ އަދި ހުއްދަދީގެން އިންދާފައިވާނަމަ ދީފައިވާ ހުއްދައިގެ ލިޔުން ހުށަހަޅަންވާނެއެވެ. ނަންބަރު ޖަހާފައި ހުންނާނީ ކަޅުސްޕްރޭ ދަވާދުން ބޮޅުއަޅައި ބޮޅުތެރޭގައެވެ. ބޮޅުގެ ބޭރުން ހުންނަ ނަންބަރުތަކަކީ ޞައްޙަ ނަންބަރުނޫންކަމުގައި ދެންނެވީމެވެ. އިތުރު މަޢްލޫމާތެއް ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ނައިބުރައީސް ޙުސައިން މޫސާ 7321723، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޔޫސުފު 7887792 އަށް ގުޅުއްވުން އެދެމެވެ.