ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް: |
|
GS 3 |
މަޤާމުގެ ރޭންކް: |
|
2 (ދޭއް) |
ބޭނުންވާ އަދަދު: |
|
ސުޕްރީމް ކޯޓް |
މަސައްކަތް ކުރަންޖެހޭ ތަން: |
|
-/4465 ރުފިޔާ |
އަސާސީ މުސާރަ: |
|
މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް -/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %50 އާއި، ލިވިންގ އެލަވަންސް -/3،000 ރުފިޔާ (ތިންހާސް ރުފިޔާ) އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް. |
މި މަޤާމަށް ލިބޭ އެލަވަންސް: |
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން. |
އަސާސީ ޝަރުޠު: |
|
1- ކޯޓަށް އަންނަ ލިޔެކިޔުންތައް އެންޓްރީކޮށް، ސްކޭން ކުރުމަށްފަހު، ސެކްޝަންތަކާ ހަމަޔަށް ފޯރުކޮށްދިނުން. 2- ސެކްޝަންތަކުން ޑިސްޕެޗްކުރުމަށް ގެންނަ ތަކެތި ޖެމްސްއިން ނަންބަރުޖަހައި ޑިސްޕެޗްކުރުމާއި، ޕޯސްޓްކުރުމަށް ގެންނަ ތަކެތި ޕޯސްޓްކުރަން ފޮނުވުން. 3- ކޯޓަށް އަންނަ އެކި ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި، ކައުންޓަރަށް އެކިކަންކަމުގައި އަންނަ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން. 4- ކައުންޓަރުގައި ގެންގުޅޭ އެކިއެކި ފޮތްތަކާއި ރެކޯޑުތައް ބެލެހެއްޓުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް) |
ހުށަހަޅަންޖެހޭ ތަކެތި: |
|
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުވުން އެދެމެވެ. |
ސުންގަޑި: |
|
- މި މަޤާމަށް އިންޓަވިއުކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 24 ފެބުރުވަރީ 2016 އިން ފެށިގެންނެވެ. - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ. |
އިންޓަވިއު: |
|
1. މި މަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލައި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 2. އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 3. މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު، މި ކޯޓުގެ ވެބްސައިޓް www.supremecourt.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުންވެސް މި ފޯމު ލިބެންހުންނާނެއެވެ. |
އިތުރު މަޢުލޫމާތު: |
23 ރަބީޢުލްއާޚިރު 1437