ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RRG-HR/1/2016/1
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:15
ސުންގަޑި: 14 ފެބުރުވަރީ 2016 14:00
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ތިރީގައިމިވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެ:

1.  މަޤާމު: ލޯންޗް ޑްރައިވަރ

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/3،470 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ 45%

ފެންވަރު ނުވަތަ ޝަރުޠު: އައުޓްބޯޑް އަދި އިންބޯޑް އިންޖީނުލީ ލޯންޗްފަހަރު ދުއްވުމުގެ ލައިސަންސް އޮތުމާއި، ޖީޕީއެސް ބޭނުންކުރަން އެނގުމާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. މީގެ އިތުރުން، ނިޔަމިކަމުގެ ކޯސް ނުވަތަ ނެވިގޭޝަން ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

2. މަޤާމު: ވެހިކަލް ޑްރައިވަރ

ބޭނުންވާ އަދަދު: 2 (ދޭއް)

އަސާސީ މުސާރަ: -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ 45%

ފެންވަރު ނުވަތަ ޝަރުޠު: ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން. މީގެ އިތުރުން، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

3. މަޤާމު: ފަޅުވެރި

ބޭނުންވާ އަދަދު: 2 (ދޭއް)

އަސާސީ މުސާރަ: -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ 45%

ފެންވަރު ނުވަތަ ޝަރުޠު: ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފަޅުވެރިއެއްގެ މަޤާމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

4. މަޤާމު: ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު: 2 (ދޭއް)

އަސާސީ މުސާރަ: -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ 45%

ފެންވަރު ނުވަތަ ޝަރުޠު: ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ރައީސުލްޖުމްހޫރީއްޔާގެ ރަސްމީގެ މުލީއާގެއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.

2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީން އެކްރިޑެޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

3. ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ، އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

4. ކަރިކިއުލަމް ވިޓާ (ސީވީ)

5. އެހެން ތަނެއްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ރަސްމީގޭގެ ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމަށް އެތަނަކުން ދޭ ލިޔުން.

6. ޕޮލިސް ރިޕޯޓް

ހުށަހަޅަންޖެހޭ ތާރީޚު:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 14 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެއަށް ފޮނުވުން އެދެމެވެ.               

22 ރަބިޢުލްއާޚިރު 1437

01 ފެބުރުވަރީ 2016