ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އިދާރާއިން 20 ޖަނަވަރީ 2016 ގައި ކޮށްފައިވާ IUL)273/273/2016/3) ނަންބަރުގެ އިޢުލާނަށް ޝަރުޠުހަމަވާ އެއެވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ އިއުލާން ބާޠިލުކޮށްފައި، އަލުން އިޢުލާން ކުރީމެވެ.
މަޤާމް: |
މުނިސިޕަލް ސާރވިސް އޮފިސަރ |
މަގާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
އޮފީސް / އިދާރާ: |
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ |
ޑިވިޜަން: |
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް އިދާރާގެ ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް |
ޔުނިޓް: |
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް |
މަސައްކަތް ކުރަންޖެހޭ ތަން: |
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
-/5،610 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/2،000 ރުފިޔާ |
އުޖޫރައާއި ޢިނާޔަތްތައް: |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ: |
1. މުނިސިޕަލް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ސަނަދެއް ހާސިލުކޮށްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މުނިސިޕަލް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް: |
ފަރުވާތެރިކަމާއި ސާފުތާހިރުކަމާއެކު ކަންކަން ކުރަން އެނގުމާއި، މީހުންނާއި މުޢާމަލާތުކުރުމުގައި ރަޙުމަތްތެރިކަމުގެ ސިފަ ހުރުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
1. އިޖުތިމާޢީ ސަރަހައްދާއި، ބަނދަރު ސަރަހައްދު ދިލުމަށް ބޭނުންވާ ތަކެތި ހޯދުން. 2. ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ ތަކެތި ހޯދަން ބޭނުންވާ ފޯމު ލިޔެ ބެލެހެއްޓުން. 3. ސްޓޮކަށް ބޭންވާ ތަކެތި ހޯދައި ސްޓޮކަށް ހަވާލުކުރުން. 4. ކައުންސިލަށް ބޭންވާ ހަރުމުދާ ހޯދައި، އިންވެންޓްރީ ބަލަހައްޓާ ފަރާތާ ހަވާލުކުރުން. 5. ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އާންމު ތަންތަނަށް ބޭނުންވާ ތަކެތި ހޯދައި ސޮޓަކާއި ހަވާލުކުރުން. 6. އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
ފޯމް ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތު: |
2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ށ. ގޮއިދޫ ކައުންސިލްގެ އިދާރާއަށް. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
އިންޓަވިއުކުރުން: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9606540043 + ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 9606540043 + އެވެ. |
23 ރަބީޢުލްއާޚިރު 1437