ދިވެހިރާއްޖެ
ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޖެންސެޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
ރަޖިސްޓަރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް އަދި އެނެކްސް 1 މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ފޮނުއްވާނީ މި އިދާރާގެ އީމެއިލް [email protected] އަށެވެ. މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިންޖީނުގޭގައެވެ.
|
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވާ ތާރީޚު |
އަންދާސީހިސާބު ހުށަހެޅުން |
|
30 ޖުލައި 2026 (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން |
04 އޯގަސްޓު 2026 (އަންގާރަ) ދުވަހުގެ 10:00 (ގުރަހަ މާލަން) |
އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުވާ އެއްވެސް ފަރާތެއްގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.