މަސައްކަތް
ނަންބަރު: (IUL)142-A1/1/2016/9
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 08 ފެބުރުވަރީ 2016 11:30
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ވެބްސައިޓް ފަރުމާކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގެ ވެބްސައިޓް، މިނިސްޓްރީން ބޭނުންވާ ފެންވަރަކަށް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު (IUL)142-A1/1/2016/1 ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ޝީޓުގައި ފުރިހަމަ މަޢުލޫމާތު ހިމެނިފައި ނެތުމުން އެ އަންދާސީހިސާބު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 08 ވާ ހޯމަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ފެބުރުވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަމަވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 އަށެވެ.

23 ރަބީޢުލްއާޚިރު 1437

02 ފެބުރުވަރީ 2016