ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2016/09
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 10 ފެބުރުވަރީ 2016 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެއިލް ބަހާ މީހުން

އިޢުލާން

މަޤާމު:

މެއިލް ބަހާ މީހުން (ގިނަވެގެން 1 މަސްދުވަހުގެ މުއްދަތަށް. އަދި މަސައްކަތް ޙަވާލުކުރާ ފަރާތުން ބޭނުންވާނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.)

ބޭނުންވާ އަދަދު:

01

މުސާރަ:

މަސައްކަތަށް ނުކުންނަ ދުވަހަކަށް -/160 ރުފިޔާ (ސަތޭކަ ފަސްދޮޅަސް ރުފިޔާ)

އޮފީސް:

ލ.ފޮނަދޫ ޕޯސްޓް އޮފީސް

މަޤާމުގެ ޝަރުޠު:

  • ތައުލީމީގޮތުން ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރި މީހެއްކަމުގައި ވުން
  • ޙަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭ ފަދަ ޤާބިލު ފަރާތަކަށްވުން
  • އެއްތަނުން އަނެއްތަނަށް މެއިލް އުފުލޭނެ ޞިއްޙަތެއް ހުރި މީހަކުކަމުގައިވުން
  • އަމިއްލަ ދުއްވާއެއްޗެއްގައި އުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (މަސައްކަތަށް ހޮވިއްޖެނަމަ)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2016 ފެބުރުވަރީ 10 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ފެކްސް ނަންބަރު 3321559 ފެކްސް ކުރެއްވުން އެދެމެވެ. ލ.ފޮނަދޫން ނަމަ، ލ.ފޮނަދޫ ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސް ކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން:3009270،3009271،3009272،273،274

ފެކްސް: 3321559

 

02 ފެބުރުވަރީ 2016