ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2026/147
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 28 ޖުލައި 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

31

މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,793.19ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތު ގަޑި:

10:00 އިން 16:00 އަށް

އިނާޔަޔްތައް:

  1. އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  3. ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  4. ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  5. ސްޓާފް ޖިމް ފެސިލިޓީ
  6. ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން
    • ކޮންމެ ސެމިސްޓަރއެއްގެ ކިޔެވުން ފެށުމުގެ ކުރިން މާއްދާތަކަށް ބޭނުންވާ ހާޒިރީ ފައިލްތައް ތައްޔާރުކުރުން.
    • ދަރިވަރުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ރެކޯޑްތައް ބެލެހެއްޓުން
    • ލެކްޗަރަރުންނާ ކުރެވޭ މުއާމަލާތްތަކުގެ ރެކޯޑްތަކާއި ދަރިވަރުންނާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ނިޒާމީގޮތެއްގައި ބެލެހެއްޓުން.
  2. އޮރިއަންޓޭޝަން ޕްރޮގްރާމްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން: ފެކަލްޓީއާ އަލަށް ގުޅޭ ދަރިވަރުންނާއި ވިޒިޓިންގ ލެކްޗަރަރުންނަށް ބާއްވާ އޮރިއަންޓޭޝަން ސެޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ އިދާރީ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  3. އުނގެނުމާއި އުނގަންނައިދިނުމުގެ ފެންވަރު ހިފެހެއްޓުމާ ގުޅޭ  އިވެލުއޭޝަންތައް ހެދުމާއި ރިޕޯޓް ތައްޔާރުކުރުން:
    • ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރެވޭ އެކި ދިރާސާތަކާއި އިވެލުއޭޝަންތަކަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާ ގުޅިގެން ހޯދުން.
    • ޑީންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް  ޕޮލިސީ އެންޑް ކުއަލިޓީ މެނެޖްމަންޓް ޔުނިޓަށް ބޭނުންވާ އެކިއެކި ރިޕޯޓްތައް ތައްޔާރުކުރުން.
    • ފެކަލްޓީ އިން ކޮންމެ ސެމިސްޓަރއެއްގައި އޮފަރ ކުރާ މާއްދާތަކުގެ ޓީޗިންގ އެންޑް ލާރނިންގ އާގުޅޭ އިވެލުއޭޝަން ރިޕޯޓްތައް ތައްޔާރުކުރުން.
  4. ކިޔަވައިދިނުމަށް  ބޭނުންވާ ލިޔެކިޔުންތައް ޕްރިންޓްކުރުމާއި، ފޮޓޯކޮޕީ ހެދުމާއި، ހަވާލުކުރުން:
    • ލެކްޗަރަރުންނަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ޕްރިންޓްކޮށްދިނުން
    • އިމްތިހާނު ކަރުދާސްތަކާއި އެހެނިހެން ލިޔުންތައް ފޮޓޯކޮޕީ ހަދައި ކަމާގުޅޭ ފަރާތްތަކާ ހަވާލުކުރުން.
  5. ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި މުއާމަލާތްކުރުން:
    • ނޯޓިސްބޯޑު، ފެކަލްޓީގެ ޓެލެގްރާމް، ވެބްސައިޓް އަދި އީމެއިލް މެދުވެރިކޮށް ދަރިވަރުންނަށް އެންގޭ އެންގުންތަކާއި، ޓައިމްޓޭބަލް ތަކާއި، ކެންސަލްވާ ކުލާސްތަކާއި ރީޝެޑިއުލް ކުރެވޭ ކުލާސްތަކުގެ މަޢުލޫމާތު ހިއްސާކުރުން.
    • ފެކަލްޓީން ރާވައިގެން ބާއްވާ ގެސްޓް ލެކްޗަރތައް އިންތިޒާމްކޮށް، އެކަން ދަރިވަރުންނަށް އެންގުން.
  6. ދަރިވަރުންގެ ހާޒިރީ ރެކޯޑްތައް ބެލެހެއްޓުމާއި، މެޑިކަލް ސެޓްފިކެޓް އަދި އިދާރީ މުއާމަލާތްތައް:
    • ކޮންމެ ހަތަރު ހަފުތާއަކުން ހުރިހާ މާއްދާތަކެއްގެ ދަރިވަރުންގެ ހާޒިރީ ޗެކްކުރުން
    • ދަރިވަރުން ހުށަހަޅާ މެޑިކަލް ސެޓްފިކެޓްތަކުގެ ރެކޯޑްތައް ނިޒާމީގޮތެއްގައި ބެލެހެއްޓުން.
    • ދަރިވަރުން ހުށަހަޅާ އެކި ފޯމުތަކާއި، ސިޓީތަކާއި އީމެއިލްތަކަށް އެކަށީގެންވާ ވަގުތުގެ ތެރޭގައި ޖަވާބުދިނުން.
  7. ފެކަލްޓީ ފެންވަރުގައި ބާއްވާ އިމްތިހާނުތަކާ ގުޅޭ ކަންކަން އިންތިޒާމުކުރުމާއި ބެލެހެއްޓުން:
    • މިޑް-ސެމެސްޓަރ އިމްތިހާނުތަކާއި ފެކަލްޓީގެ ތެރޭގައި ބާއްވާ އެހެނިހެން އިމްތިހާނުތަކުގެ އިދާރީ އިންތިޒާމުތައް ރާވައި ތަންފީޒުކުރުން.
    • އިމްތިހާނު ހޯލު ބެލެހެއްޓުމުގައި އެހީތެރިވުން.
    • މޮޑެރޭޝަނަށް ބޭނުންވާ އިމްތިހާނު ކަރުދާސްތައް ސްކޭންކޮށް ކަމާގުޅޭ ލެކްޗަރަރުންނަށް އީމެއިލްކުރުން
    • އިމްތިހާނު ކަރުދާސްތައް، މާކުކޮށް ނިމުމުން ކަރުދާސްތައް އެއްކޮށް ރައްކާތެރިކަމާއެކު ފައިލްކޮށް ރެކޯޑް ބެލެހެއްޓުން.
    • އިމްތިހާނު ކަރުދާސް އަލުން މާކުކުރުމާއި ރިވިއުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކޮމިޓީ ބައްދަލުވުންތައް އިންތިޒާމްކުރުމާއި ޔައުމިއްޔާ ބެލެހެއްޓުން:
    • ފެކަލްޓީގެ އެކި ކޮމިޓީތަކުގެ (އެކަޑެމިކް ރިވިއު ކޮމިޓީ، މެނޭޖްމަންޓް ކޮމިޓީ،  ކޮލިޓީ މެނޭޖްމަންޓް ކޮމިޓީ، ކަރިކިއުލަމް ކޮމިޓީ އަދި އެޑްވައިޒަރީ ކޮމިޓީ) ބައްދަލުވުންތައް އިންތިޒާމުކޮށް ކޮމިޓީގައި ބައިވެރިވާ ފަރާތްތަކަށް އެންގުން.
    • ކޮމިޓީ ބައްދަލުވުންތަކުގެ ހާޒިރީ ބެލެހެއްޓުން.
    • ކޮމިޓީގެ ބައްދަލުވުން ބާއްވާތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ޔައުމިއްޔާ ތައްޔާރުކޮށް، ފައިލްކޮށް ބެލެހެއްޓުން.
  9. ލެކްޗަރަރުންގެ ދަތުރުފަތުރާއި ލޮޖިސްޓިކްސް އިންތިޒާމްކުރުން:
    • ކެމްޕަސްތަކަށް ދަތުރުކުރައްވާ ލެކްޗަރަރުންގެ ޓިކެޓް ބުކްކުރުމާއި ދަތުރުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުން.
    • ފެކަލްޓީގެ ބްލޮކް ދަތުރުތަކުގެ ތާވަލާ އެއްގޮތަށް އެކަޑަމިކް މުވައްޒަފުންގެ ދަތުރުތައް ރާވައި، ކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން.
    • ފެކަލްޓީއަށް ޒިޔާރަތްކުރައްވާ ވިޒިޓިންގ ލެކްޗަރަރުންގެ ވިސާ އަދި އިންޝުއަރެންސްގެ ކަންކަން ފުރިހަމަކުރުން.
  10. އިދާރީ ހިންގުމާއި ލިޔެކިޔުމުން އެކިފަރާތްތަކާ މުއާމަލާތްކުރުމާއި  ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން:
    • ފެކަލްޓީއަށް ލިބޭ ސިޓީތައް ބަލައިގަނެ އެންޓްރީކުރުން.
    • ފެކަލްޓީން ފޮނުވާ ރަސްމީ ސިޓީތައް ތައްޔާރުކޮށް ފޮނުވުން.
    • ފެކަލްޓީއަށް ހުށަހެޅޭ ފޯމުތަކާއި އީމެއިލްތައް ނިޒާމީގޮތެއްގައި ފައިލްކޮށް ބެލެހެއްޓުން.
    • ރަސްމީ ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުމުގެ ޒިންމާ އުފުލުން.
    • ނުރަސްމީ ގަޑިއެއްގައި އޮފީސް ހުޅުވަންޖެހިއްޖެނަމަ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ހޯދުން.
    • އެހެން އިދާރީ މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ހާލަތްތަކުގައި، ހަމަޖެހިފައިވާ އުސޫލުން އެ މުވައްޒަފެއްގެ މަސައްކަތްތަކާ ހަވާލުވެ، މަސައްކަތްތައް ކުރުން.
  11. ޚާއްޞަ ހަރަކާތްތައް، މާރކެޓިންގ އަދި ސަނަދު ތައްޔާރުކުރުން:
    • ފެކަލްޓީން ބާއްވާ ކޮންފަރެންސްތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި، ވޯކްޝޮޕްތައް އަދި ދަރިވަރުންގެ އެކި ހަރަކާތްތައް ރާވައި އިންތިޒާމްކުރުން.
    • މާރކެޓިންގ ޑިޕާޓްމަންޓާ ގުޅިގެން ފެކަލްޓީގެ ކޯސްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން.
    • ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުންނަށް ދެވޭ ސަނަދުތައް ތައްޔާރުކޮށް ދިނުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2026 ޖުލައި 28 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2026-96

 

ނޯޓް:

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.

 

 

 
19 ޖުލައި 2026