މަސައްކަތް
ނަންބަރު: GS196/IUL/2016/05
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 09 ފެބުރުވަރީ 2016 12:00
ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މި މަދަރުސާއިން ކުރި އިޢުލާން ނަންބަރު GS196/IUL/2015/28 (ތާރީޚު: 13 ޑިސެންބަރު 2015) އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

2016 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ޑިސެންބަރު 2016 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ގަބޫލު ނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 09 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

 
02 ފެބުރުވަރީ 2016