ތަމްރީނު
ނަންބަރު: 171-HRD/IUL/2016/10
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި:
15 ފެބުރުވަރީ 2016 16:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު
ކޯހުގެ ނަން: ޑްރައިވިންގ ކޯސް
ޖާގައިގެ އަދަދު: 05
ކޯސް ހިންގާ ފަރާތް: އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް / މޯލްޑިވްސް ޕޮލިސް ސަރވިސް
ކޯހުގެ މުއްދަތު: 4 ހަފުތާ
ކޯސް ހިންގާ ތަން: ޏ.ފުވައްމުލައް
ކޯސް ފެށޭ ތާރީޚު: 21 ފެބުރުވަރީ 2016
ޝަރުޠު:
- މީލާދީގޮތުން އުމުރުން 18 އަހަރުވެފައިވުން.
- ގްރޭޑް 7 ފުރިހަމަކޮށްފައިވުން.
- A1, A0 (އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް) ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ،
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
- ލައިސަންސުގެ ކޮޕީ،
- ނެގިތާ 3 މަސްދުވަސް ހަމަނުވާ ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ.
އިތުރު މަޢުލޫމާތު
މި ކޯހާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ފޯނު ނަންބަރު 3329126 ނުވަތަ 9790050 ގުޅުއްވުން އެދެން.
ސުންގަޑި:
މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން 2016 ފެބުރުވަރީ 15 ވަނަ ދުވަހުގެ 14:00 އާއި 16:00 އާ ދެމެދުގެ ވަގުތެއްގައި ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުމަށް ދަންނަވަމެވެ.
21 ރަބީޢުލްއާޚިރު 1437
31 ޖަނަވަރީ 2016