މަސައްކަތް
ނަންބަރު: (IUL)438/1/2016/4
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 17 ފެބުރުވަރީ 2016 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ހަކަތައިގެ ޤާނޫނު އެކުލަވައިލުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

ހަކަތައިގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ހަކަތައިގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތްކުރާނެ ކޮންސަލްޓެންސީ ޓީމެއް ބޭނުންވެއެވެ.

މި މަސައްކަތުގެ މަޤުޞަދަކީ މުޅިން އަލަށް ތަޢާރަފުކުރާ ހަކަތައިގެ ޤާނޫނު އެކުލަވައިލައި، ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މަޝްވަރާކޮށް ޤާނޫނު ފައިނަލް ކުރުމެވެ.

ކޮންސަލްޓެންޓުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) ދުނިޔޭގެ ޤައުމުތަކުގެ ހަކަތައިގެ ދާއިރާގެ އޮގަނައިޒޭޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަންތަކާ ގުޅޭ މަޢުލޫމާތާއި، ރެގިއުލޭޓަރީ ބޮޑީތައް ހިންގާ ގޮތުގެ މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވުން.

ށ) ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަދި ޤާނޫނުތަކަށް، ޚާއްޞަކޮށް ހަކަތައިގެ ދާއިރާ ރެގިއުލޭޓްކުރުމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ނ) ރާއްޖޭގައި ވިޔަފާރި އުސޫލުން ހަކަތަ ބޭނުންކުރުމާ ގުޅޭ މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވުން.

ރ) އިންޑިވިޖުއަލް އެކްސްޕަރޓުންގެ ކިބައިގައި މަސައްކަތާ ގުޅޭ ދާއިރާއިން (ލީގަލް ނޫނީ ހަކަތައިގެ ދާއިރާއިން) މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ހުރުން.

މީގެ އިތުރުން ކްލަޔަންޓާއެކު މަސައްކަތްކުރުމުގެ ތަޖުރިބާއަށް ބެލޭނެއެވެ.

މި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 90 ދުވަހެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ("އެކްސްޕްރެޝަން އޮފް އިންޓްރެސްޓް") ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ.

ހ) މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛  ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ ދާއިރާތަކުން މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.   

ށ) މަސައްކަތް ކުރުމަށް ހުށަހަޅާ އަގުގެ "ފައިނޭންޝިއަލް ޕްރޮޕޯޒަލް" ހުށަހަޅަންވާނެއެވެ.   

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި 2016 ފެބުރުވަރީ 17 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 3018-301960+

ފޯން: 3018-300960+

އީމެއިލް: [email protected]

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީއުރައެއްގައެވެ. ބޭރުގައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މި މަސައްކަތުގެ ނަމާއި، ހުށަހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

01 ފެބުރުވަރީ 2016