ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-13-AC/GS-13/2026/03
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 22 ޖުލައި 2026 13:00
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

 

                                    `

 

ޏ.އަތޮޅު ތައުލީމީ މަރުކަޒު

  ދިވެހިރާއްޖެ  

                                           (IUL)GS-13-AC/GS-13/2026/03 : ނަންބަރު    

އިޢުލާނު

 

މަޤާމު:

ސީނިއަރ ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-426110

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 7-  (ސްޓެޕް 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޏ.އަތޮޅު ތައުލީމީ މަރުކަޒު

މުސާރަ:

-/9845 ރުފިޔާ

ސަރވިސް އެލަވަންސް:

-/4595 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/125 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ދަޢުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ މަހެއްގެ ޚަރަދުގެ ފައިސާ ފިނޭންސް އިން ޖަމާކޮށްދިނުމުން އެމަހެއްގެ ޚަރަދުގެ ބިލްތަކަށް ފައިސާ ދެއްކުން.
  2. ޕޭމަންޓް ވައުޗަރ ހެދުމަށްފަހު ވައުޗަރ ރަޖިސްޓްރީ، ޗެކް އަދި ބީއެމްއެލް ބާކީ އަޕްޑޭޓް ކުރުން.
  3. ބަޖެޓަށް ލިބޭ ފައިސާ (ލީވިންގް، ފޮތްތަކަށް، އެގްޒާމްތަކަށް އަދި އެހެނިހެން) ބަލައިގަތުމަށްފަހު ރަސީދު ދިނުމާއި، އެފައިސާ ޖަމާކުރަންވީ އެކައުންޓުތަކަށް ދުވަހުން ދުވަހަށް އެފައިސާ ޖަމާކުރުމަށްފަހު އަޕްޑޭޓްކުރުން.
  4. ސްކޫލުގެ އިންވެންޓްރީ ޖަހަންޖެހޭ ތަކެތީގައި ނަންބަރުޖަހައި އިންވެންޓްރީ އަޕްޑޭޓްކޮށް ބަލަހައްޓައި ކޮންމެ އަހަރަކު އިންވެންޓްރީ ރިޕޯޓް ތައްޔާރުކޮށް މިނިސްޓްރިއަށް ފޮނުވުން.
  5. ސްކޫލަށް ލިބޭފައިސާއާއި ޚަރަދުކުރެވޭ ފައިސާގެ ހިސާބު ބެލެހެއްޓުމާއި، އެކަމާގުޅޭ އެންމެހައި ލިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. ޖެހިގެންއަންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުމަށް އެޑްމިނިސްޓްރޭޓަރަށް އެހީތެރިވެދިނުން. 
  7. ކޮންމެ މަހަކު ބަޖެޓް ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް އެންޓަރ ކޮށް ބަޖެޓާ ގުޅުންހުރި ރިޕޯޓްތައް ހަދައި ކަމާބެހޭ އިދާރާތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން އަދި ފައިކޮށް ބެލެހެއްޓުން.
  8. ސްކޫލްބަޖެޓްގެ އައިޓަމްބާކީ ބަލަހެއްޓުން.( މުހިންމު އައިޓަމްތަކަށް ބަޖެޓް ކޮންޓްރޯލް ހަދައި އައިޓަމްތައް ޑެބިޓް ނުވާގޮތައް ފައިސާ ހަރަދު ކުރުމުގެ ކަންތައް ގެންދިޔުން).
  9. ކޮންމެ މަހެއްގެ ބަޖެޓް ހަރަދުރިޕޯޓް ތައްޔާރުކޮށް ހުރިހައި އެކައުންޓް ތައް މަހުން މަހަށް ރީކޮންސައިލްކުރުން.
  10. ސްކޫލް ކޭޝްފުލޯއަށް ބަލައިގެން ޕޭމެންޓް ރިކުއެސްޓް ވައުޗަރ ތައް ހަދައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ފޮނުވައި އެ ވައުޗަރ ތައް ޖަމާކުރުވުމައްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ގުޅައިގެން މަސައްކައްކުރުން.
  11. ޕެންޑިންބިލްތައް ދެއްކެން ހުރި ކޯޑްތައް ބަލައި ބިލްތަކުގައި ކޯޑް ނަންބަރ ޖެހުމަށްފަހު ޕޭމެންޓް ހެދުމައްޓަކައި ހަވާލުކުރުން.
  12. ސްކޫލްގެ މުސާރަ ޝީޓް ތައްޔާރުކޮށް މުސާރަދިނުމާއި، މުވައްޒފުންގެ ޕެންޝަން އެސް.ޕީ.ސީ ހަދައި މުސާރަ އާއި އެއްކޮށް ފޮނުވަންޖެހޭ ޕެންޝަން އެސް.ޕީ.ސީ ރިޕޯޓް ހޯދައި އަދި މުސާރައާއި ގުޅޭ އެހެނިހެން އެންމެހައިކެއްކުރުން.
  13. ސިވިލްސަރވިސް ކޮމިޝަނުގެ ބަޖެޓާ ގުޅުންހުރި ދެންނެވުން ތަކުގައިވާ މުހިންމު މަޢުލޫމާތާއި، ބަޖެޓާ ގުޅުންހުރި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސަރކިޔުލަރތަކާއި، މުދަލާއި ފައިސާއާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި، މިނިސްޓްރީން ތައްޔާރުކުރާ މުހިންމު މަޢުލޫމާތުތައް މުވައްޒަފުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
  14. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް، ނިމޭއަހަރުގެ އެމަޢުލޫމާތު، ކަމާބެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްކުރުން.
  15. އިތުރު ގަޑީގެ ރިޕޯޓު ޝީޓަށް އެންޓަރ ކުރުމަށްފަހު ފައިލް ކޮށް ބެލެހެއްޓުން.
  16. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މި ސްކޫލުގައި ބާއްވާ އިންޓަރނޭޝަނަލް އެގްޒާމްގެ ކޯޑިނޭޓިންގް އިންވިޖިލޭޓަރ ކުރަން ޖެހޭ އިދާރީ ހުރިހާ މަސައްކަތެއް ކުރުން.
  17. އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
  18. ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލްގެ ސިއްރުތައް ހިފެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތައުލީމީ ރޮނގުތައް:

  1. އެކައުންޓިންގ  
  2. އެކައުންޓިންގ އެންޑް ފައިނޭންސް  
  3. އެޑްމިނިސްޓްރޭޝަން  
  4. އޮޑިޓިންގ  
  5. ބިޒްނަސް  
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  7. ބިޒްނަސް އިންފޮމޭޝަން ޓެކްނޯލޮޖީ  
  8. ބިޒްނަސް މެނޭޖްމަންޓް  
  9. ކޮމާރސް  
  10. ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  
  11. ކޮމްޕިއުޓަރ ސައިންސް  
  12. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  
  13. ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  
  14. އެޑިއުކޭޝަން މެނޭޖްމަންޓް  
  15. އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން  
  16. ފައިނޭންސް  
  17. ފައިނޭންޝަލް މެނޭޖްމަންޓް  
  18. ފައިނޭންޝަލް ޕްލޭނިންގ  
  19. ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  
  20. ހިއުމަން ރިސޯސް  
  21. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  22. އިންފޮމޭޝަން ޓެކްނޮލޮޖީ  
  23. އިންޓަރނަލް އޮޑިޓިންގ  
  24. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  25. އިސްލާމިކް ފައިނޭންސް  
  26. ލޮޖިސްޓިކްސް މެނޭޖްމަންޓް  
  27. މެނޭޖްމަންޓް  
  28. ނެޓްވަރކިންގ  
  29. އޮޕަރޭޝަންސް މެނޭޖްމަންޓް  
  30. ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް  
  31. ޕްރޮކިއުމަންޓް މެނޭޖްމަންޓް  
  32. ޕްރޮގްރާމިންގ  
  33. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  34. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  35. ޕަބްލިކް ފައިނޭންސް  
  36. ޕަބްލިކް މެނޭޖްމަންޓް  
  37. ޕާޗޭސިންގް  
  38. ސްކޫލް އެޑްމިނިސްޓްރޭޝަން  
  39. ސްކޫލް މެނޭޖްމަންޓް  
  40. ސޮފްޓްވެއަރ އިންޖިނިއަރިންގ  
  41. ސަޕްލައި ޗެއިން މެނޭޖްމަންޓް  
  42. ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  43. ވެބް ޑިވެލޮޕްމަންޓް

  މަޤާމުގެ  ޕްރިފަރޑް ޑިސިޕްލިން:  ނެތް

 މަޤާމުގެ ކޯޑިސިޕްލިން  : ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާ

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)    https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތުހަމަވުން

30

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ފޮއިންޓް

5

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖުލައި 2026 ގެ 13:00 ގެ ކުރިން، ޏ.އަތޮޅު ތައުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ 2 އޮގަސްޓް 2026 އާއި 6 އޮގަސްޓް 2026 އާއި ދެމެދު  ޏ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7925002) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                                                                                    

 

 

 

16 ޖުލައި 2026