ވަޒީފާގެ ފުރުޞަތު
ނަންބަރު: GS210/IUL/2016/11
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 16 ފެބުރުވަރީ 2016 14:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު: 

މި ސްކޫލުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް:

މަސައްކަތު (ވަގުތީ)  

މުއްދަތު

3 (ތިނެއް) މަސްދުވަސް

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރައްޖެހޭ ތަން/ ސެކްޝަން

އުނގޫފާރު ސްކޫލް/ އެޑްމިނިސްޓްރޭޝަން  

މަޤާމުގެ ރޭންކް

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ

-/3،100 ރުފިޔާ

ސަރވިސް އެލަވަންސް

-/1،000 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ހަވާލުކުރެވިފައިވާ ކުލާސްރޫމް، މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ފޮޅައި ސާފުކުރުން.

2- ކުލާސްރޫމްގެ ފަރުނީޗަރުތައް، ހަފްތާއަކު އެއްފަހަރު، ފެންފޮތިލައިގެން ސާފުކުރުން.

3- ކުލާސްރޫމްގެ ވަށައިގެން 1 ފޫޓުގެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.

4- ކުލާސްރޫމުގެ ވަށައިގެން އޮންނަ ޕާކްތަކުގެ އެތެރެ ސާފުކޮށް ބެލެހެއްޓުމާއި، ޕާކްތަކަށް ފެންދީ ބެލެހެއްޓުން.

5- ކުނިކަހައި ސާފުކުރަންޖެހޭ ސަރަހައްދު ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

6- ކުލާސް ރޫމްތަކުންނާއި ކުނިކަހާ ސަރަހައްދުން ނެގޭ ކުނިތައް ކޮންމެ ދުވަހަކުމެ ކުނި ޖަމާކުރާ ސަރަހައްދަށް ޖަމާކުރުން.

7- ޑިއުޓީގައި ހުންނަ ގަޑީގައި ދަރިވަރުންގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުން.

8- ޑިއުޓީ ތާވަލާ އެއްގޮތަށް ޑިއުޓީ ފުރުމާއި، ސްކޫލުގައި މަސައްކަތްކުރުމާއި، ބަންދު ދުވަސްތަކުގައި ޑިއުޓީއަށް ފަރުވާތެރިކަމާއެކު ނުކުތުން.

ހުށަހަޅަންޖެހޭ މަޢުލޫމާތުތައް:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތީލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ފޯމެޓް މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6580262 ނަންބަރު ފޯނާއެވެ.
  • ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު، ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ، އެ ފޯމު ބާޠިލްކުރެވޭނެއެވެ.
  • މި މަޤާމަށް އިންޓަވިއުކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ، ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމު ހަމަޖައްސާނީ، ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.

1. ތަޢުލީމާއި ތަމްރީނު

2. މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައި އޮންނަ ޤަވާއިދުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން 2016 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން މި ސްކޫލަށް ފޯމު ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ، އެ ފޯމު ބާޠިލްކުރެވޭނެއެވެ.

އިންޓަވިޔު ކުރެވޭނެ ތަނާއި ތާރީޚު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިޔުކުރުން އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް އެންގޭނެއެވެ.

21 ރަބީއުލްއާޚިރު 1437

31 ޖަނަވަރީ 2016