ދިވެހިރާއްޖެ
އިޢުލާން
ޑޭޓާ އެންޓްރީގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުން
މި ކުންފުންޏަށް ޑޭޓާ އެންޓްރީގެ މަސައްކަތް ކޮށްދެއްވާނެ ފަރާތްތަކެއް ބޭނުންވެއެވެ. މި މަސައްކަތްތަށް ހަމަޖެހިފައިވާ އުޖޫރައަކީ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ) ރުފިޔާއެވެ.
ޝަރުޠު: މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުންކުރަން އެނގުމާއެކު ފަރިތަކޮށް އިނގިރޭސި ބަހުން ޓައިޕްކުރަން އެނގޭކަން ސާބިތުކޮށްދޭ ލިޔެކިއުން.
މަސައްކަތު ގަޑި: 8:00-16:00 ހޮނިހިރު - ބުރާސްފަތި
ކުރިމަތިލެވޭ ފަރާތްތައް: ކޮލެޖް/ ޔުނިވަރސިޓީގައި އުޅުއްވާ ފަރާތްތަކަށްވެސް މި ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.
އުމުރުން 18 އަހަރު ނުފުރޭ ފަރާތެއްނަމަ ބެލެނިވެރިޔާގެ ލިއުމެއް ހުށަހަޅުއްވަން ޖެހޭނެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި މަސައްކަތަށް އެދި ފޮނުވާ ސިޓީއާ ލިޔެކިޔުން 2016 ފެބުރުވަރީ 7 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ޕޯސްޓް ބިލްޑިންގ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އެޗްއާރ ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ޑޭޓާ އެންޓްރީގެ މަސައްކަތަށް އެދި" މިހެން ޖައްސަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: ނަންބަރު 3009270 ނުވަތަ 3009271 އާއެވެ.
22 ރަބީޢުލްއާޚިރު 1437