ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/24
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 08 ފެބުރުވަރީ 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އެޑިޔުކޭޝަން

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1.  ތަޖުރިބާ ނެތި، ބެޗްލަރ ޑިގްރީއެއް (އެމް. ކިޔޫ. އޭ. ލެވެލް 8/7 ގެ ސަނަދެއް) އޮތުން.
  2. އެމް. ކިޔޫ. އޭ. ލެވެލް 5 ގެ ޑިޕްލޮމާއަށްފަހު، މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ، ސީދާ ގުޅޭ ދާއިރާއިން ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ގުޅޭ ދާއިރާއިން ދިގު ތަޖުރިބާތަކެއް ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ޑިޕާޓްމަންޓަށް ނިސްބަތްވާ މާއްދާތައް ކިޔަވާ ދަރިވަރުންގެ ހާޒިރީ ފައިލްތައް ތައްޔާރުކޮށް، އެޓެންޑެންސް ޗެކްކޮށް، ރެކޯޑްތައް ބެލެހެއްޓުން.

2. ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ޕްރިންޓްކޮށްދިނުން.

3. ޓީޗިންގ ޕްރެކްޓިސްއާ ގުޅޭގޮތުން ހަވާލުކުރެވޭ އިދާރީ މަސައްކަތް ކުރުން.

4. ޕާޓް-ޓައިމް ލެކްޗަރަރަރުން ހަމަޖެއްސުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

5. ޑިޕާޓްމަންޓުން ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.

6. އިމްތިޙާނު ކަރުދާސް ޗާޕްކުރުމުގައި އެހީތެރިވުމާއި، އިމްތިޙާނު ސުޕަވައިޒްކުރުން.

7. ޑޕާޓްމަންޓަށް ނިސްބަތްވާ މާއްދާތަކުގެ އިވެލުއޭޝަން ފޯމުތައް އެންޓަރކުރުން.

8. ޕާޓްޓައމް ލެކްޗަރަރއިންގެ މާކްސްތައް ސެލްފް ސަރވިސްއަށް އެންޓަރކުރުން.

9. ޑިޕާޓްމަންޓުގެ ބައްދަލުވުންތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

10. ޑިޕާޓްމަންޓުގެ މާއްދާތައް ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ޓީޗިންގ މެޓީރިއަލް ބެލެހެއްޓުން.

11. ޑިޕާޓްމަންޓަށް ނިސްބަތްވާ ކޯސްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

12. ޓީޗިންގ ޕްރެކްޓިސްގެ މަސައްކަތުގައި ޓީ.ޕީ ކޯޑިނޭޓަރަށް އެހީތެރިވުން.

13. ޑިޕާޓްމަންޓުގައި ހިނގާ ހަރަކާތްތަކުގެ މަޢުލޫމާތު ދުވަހު ޔައުމިއްޔާގައި ނޯޓްކުރުން.

14. މަތީގައިވާ ކަންތައްތަކުގެ އިތުރުން، އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައި އޮންނަ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މި  މަޤާމަށް  ހޮވޭ  ކެންޑިޑޭޓެއް  ވަޒީފާއަދާކުރަންވާނީ،  ވަގުތީ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016  ފެބުރުވަރީ 8  ވާ  ހޯމަ ދުވަހުގެ  މެންދުރު  12:00  ގެ  ކުރިން،  ދިވެހިރާއްޖޭގެ  ޤައުމީ ޔުނިވަރސިޓީގެ  އިދާރީ  މަރުކަޒަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.

 25 ރަބީޢުލްއާޚިރު 1437

01 ފެބުރުވަރީ 2016