ދިވެހިރާއްޖެ
އިޢުލާން
ތިނަދޫސިޓީ ކައުންސިލުން ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން، ޤަވާއިދުން ކުލި ނުދައްކާ ބިންތަކުގެ މަޢުލޫމާތު ހާމަކުރުން
ތިނަދޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 2026 ޖޫން 30 ގެ ނިޔަލަށް މި އިދާރާއަށް ލިބެންޖެހޭ ނުލިބިވާ ފައިސާގެ ޢަދަދަކީ 42,423,383.59 (ސާޅީސް ދެ މިލިއަން ހަތަރު ލައްކަ ތޭވީސްހާސް ތިންސަތޭކަ އަށްޑިހަ ތިންރުފިޔާ ފަންސާސް ނުވަ ލާރި) އެވެ. މި ފައިސާގެ ތަފްސީލް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
ބިމުކުލި ދައްކަމުން ނުދާ ފަރާތްތަކުން ބިންތަކުގެ ކުލި މަހުން މަހަށް ދައްކަމުން ގެންދެވުން އެދެމެވެ. އަދި ނުދައްކާހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުޢީ މަރުޙަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅަން ފަށާފައިވާ ކަން އިޢުލާންކުރަމެވެ.
29 މުޙައްރަމް 1448