ދިވެހިރާއްޖެ
އިޢުލާން
ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދު ނަންބަރު 2014/R-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) އަށް 18 ޖޫން 2014 އިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. މި ގަވާއިދުގެ ދަށުން، ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ މީރާއިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ޓެކްސް އޭޖެންޓުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދި މީރާއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްސް އޭޖެންޓުކަން ކުރުމަށް އެދޭ ފަރާތްތަކުން MIRA 113 ފޯމު ފުރިހަމަ ކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިއުންތަކާއެކު މި އޮތޯރިޓީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމު މި އޮތޯރިޓީގެ ވެބްސައިޓް www.mira.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 1415 އަށް ގުޅުއްވުން އެދެމެވެ.
22 ރަބީޢުލްއާޚިރު 1437