ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)445-MS/445/2016/3
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 08 ފެބުރުވަރީ 2016 14:00
ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:    

މަޤާމް:

މަސައްކަތު (ކޮންޓްރެކްޓުގެ އުޞޫލުން މަސައްކަތްކުރުން)

ސެކްޝަން:

މުނިސިޕަލް (ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ

މުސާރަ:

-/2،000 ރުފިޔާ (ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާއާއި، ބަންދު ދުވަސްތަކުގައި ނުކުންނަ ކޮންމެ ދުވަހަކަށް ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް ފައިސާއާއި، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

3 (ތިނެއް)

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ދޫނޑިގަން އަވަށުގައި އިޖުތިމާޢީ ސަރަޙައްދުތަކާއި ގަބުރުސްތާން ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން.

2- ދޫނޑިގަން އަވަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

3- މައްޔިތުން ވަޅުލުމުގައި އެހީތެރިވެދިނުން.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއުކުރުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި، ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ، 2016 ފެބުރުވަރީ 8 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުވައްމުލަކު ދޫނޑިގަން ކައުންސިލް އިދާރާއިން، އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- މަޤާމަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

4- މަޤާމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން.

މަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް   ބެލޭނެ މިންގަނޑުތައް:

1- ތަޢުލީމާއި ތަމްރީން.

2- މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލް ސިފަތައް.

- މި ވަޒީފާއަށް މީހުން ހޮވުމުގައި ފިރިހެނުންނަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ހަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6865079 ނަންބަރު ފޯނާއެވެ.

18 ރަބީޢުލްއާޚިރު 1437

28 ޖަނަވަރީ 2016