މަސައްކަތް
ނަންބަރު: (IUL) PSM-FP/PSM/2016/28
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 03 ފެބުރުވަރީ 2016 11:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ލައިވްކޮށް މިޔުޒިކް ކުޅެދޭނެ ބޭންޑެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-PROC- 10/TVM-pro/2015/597

 

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މޯލްޑިވިއަން އައިޑްލްގެ ކުރިއަށް ހުރި ޝޯވތަކުގައި ލައިވްކޮށް މިޔުޒިކް ކުޅެދޭނެ ބޭންޑެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު IUL) PSM-FP/PSM/2016/13) އާ ގުޅިގެން އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ، އަލުން ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 11:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ

21 ރަބީޢުލްއާޚިރު 1437

31 ޖަނަވަރީ 2016