ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2016/2
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި: 10 ފެބުރުވަރީ 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު 205 ނަންބަރު ކަނދޮޅުމާގެ ބިން އަމިއްލަ ކުރުމާބެހޭ.

އިޢުލާން

ރ. ދުވާފަރުން ހއ. ހޯރަފުށި ކަނދޮޅުމާގެ މުޙައްމަދު ރިޟާ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު: A047448) ގެ ނަމުގައި ރަޖިސްޓަރީ ކޮށްދީފައިވާ ދުވާފަރު 205 ނަންބަރު "ކަނދޮޅުމާގެ" ބިން، މުޙައްމަދު ރިޟާ އަމިއްލަ ކުރުމަށް ބޭނުންވާތީ، މި ބިން އެފަރާތަށް އަމިއްލަކޮށްދިނުމުގެ ކުރިން މި ބިމާ ބެހޭގޮތުން ޝަކުވާއެއް އަދި މައްސަލައެއް ޖައްސަން ބޭނުންވާ ފަރާތެއްވޭތޯ ބެލުމަށްޓަކައި އެފަދަ އެއްވެސް ފަރާތެއްވާނަމަ، ސަބަބު ބަޔާން ކުރައްވައި 10 ފެބުރުވަރީ 2016 ވަނަ ދުވަހުގެ ކުރިން ރ. ދުވާފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

16 ރަބީޢުލްއާޚިރު 1437   

26 ޖަނަވަރީ 2016