|
އެންޓިކޮރަޕްޝަން ކޮމިޝަން
މާލެ، ދިވެހިރާއްޖެ
|
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
29 މުޙައްރަމް 1448
14 ޖުލައި 2026
|
|
ނަންބަރު:
|
(IUL)123-HR/123/2026/99
|
|
މަޤާމް:
|
އެންޓި-ކޮރަޕްޝަން އިންޓެލިޖެންސް އެނަލިސްޓް
|
|
މަޤާމުގެ ރޭންކް:
|
ޕަބްލިކް ސަރވިސް ރޭންކް 8 – ސްޓެޕް 1
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ
|
|
ސެކްޝަން:
|
އިންޓެލިޖެންސް ސެކްޝަން
|
|
މުސާރަ:
|
-/13,100 (ތޭރަ ހާސް ސަތޭކަ ރުފިޔާ)
|
|
މަޤާމުގެ އެލަވަންސް:
|
-/6,110 (ހަ ހާސް ސަތޭކަ ދިހަ ރުފިޔާ)
|
|
އެހެނިހެން އެލަވަންސް:
|
ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/165 ރުފިޔާ
|
|
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ޝަރުތު:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
|
|
މަގާމުގެ މަސައްކަތްތަކާގުޅޭ ތަޢުލީމީ ދާއިރާތައް:
|
އިންޓެލިޖެންސް، އިންޓެލިޖަންސް ސްޓަޑީޒް، އިންޓެލިޖަންސް އެނަލިސިސް، އިންޓެލިޖަންސް އެންޑް އެނަލިސިސް، އިންޓެލިޖަންސް އެންޑް އިންފޮމޭޝަން އޮޕަރޭޝަންސް، އިންޓެލިޖަންސް އެންޑް ސެކިއުރިޓީ ސްޓަޑީސް، ސެކިއުރިޓީ އެންޑް އިންޓެލިޖަންސް ސްޓަޑީސް، ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް އިންޓެލިޖަންސް، ސްޓެރެޓީޖިކް އިންޓެލިޖަންސް، ގްލޯބަލް ސެކިއުރިޓީ އެންޑް އިންޓެލިޖަންސް ސްޓަޑީސް، ޖިއޮސްޕޭޝަލް އެނަލިސިސް އެންޑް އިންޓެލިޖަންސް، ފައިނޭންޝަލް ކްރައިމް އިންޓެލިޖަންސް، ސައިބަރކްރައިމް އިންޓެލިޖަންސް.
އެންޓި-ކޮރަޕްޝަން ސްޓަޑީޒް، އެޑްމިނިސްޓްރޭޓިވް އިންވެސްޓިގޭޝަން، ކޯޕަރޭޓް އިންވެސްޓިގޭޝަން، ގަވަރނަންސް، އެތިކްސް އެންޑް ކޯޕަރޭޓް ގަވަރނަންސް.
ލޯ، ޝަރީޢާ އެންޑް ލޯ، ކްރިމިނަލް ލޯ، ކްރިމިނޮލޮޖީ، ކްރިމިނަލް ޖަސްޓިސް، ކްރިމިނަލް ސައިކޮލޮޖީ.
ފައިނޭންސް، ޑިޖިޓަލް ފައިނޭންސް، ފޮރެކްސް އިންވެސްޓްމަންޓް، ފިންޓެކް، އެކައުންޓިންގ، ކޮމްޕިއުޓަރ ސައިންސް، އެކްޗުރިއަލް ސައިންސް، ކުއަންޓިޓީ ސަރވެއިންގ، ސިވިލް އިންޖިނިއަރިންގ.
|
|
މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް؛
|
އިންޓެލިޖަންސާ ގުޅޭ މަސައްކަތްތަކާއި، މަގާމަށް އައްޔަންކުރާ ތަޢުލީމީ ދާއިރާއާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.
|
|
މައިގަނޑު މަސައްކަތް:
|
- ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން އެހެނިހެން އިންޓެލިޖެންސް ބޮޑީތަކުން ފޮނުވާ ރިޕޯޓުތައް ދިރާސާކޮށް އެނަލިސިސް ރިޕޯޓު ތައްޔާރުކުރުން.
- ކޮރަޕްޝަންގެ ފައިސާ ހިމެނޭކަމަށް ފާހަގަކުރެވޭ މައްސަލަތައް ދިރާސާކުރުމުގައި، ފައިސާ ދައުރުވާ ގޮތް ދިރާސާކޮށް އެނަލިސިސް ރިޕޯޓޫ ތައްޔާރުކުރުން.
- ކޮމިޝަނުގެ ތަޙުޤީޤު ޓީމްތަކަށް ބޭނުންވާ އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށްދީ، އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކޮށްދިނުމާއި އެހެނިހެންވެސް އިންޓެލިޖެންސްއާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުން.
- އިންޓެލިޖެންސް ސެކްޝަނަށް މަޢުލޫމާތު ފޯރުކޮށްދޭ ކޯވަރޓް ހިއުމަން އިންޓެލިޖެންސް ސޯސް (ޗިސް)ތަކުގެ އައިޑެންޓިޓީ ސިއްރުކުރުމާއި އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވާ ކޮރަޕްޝަނާ ގުޅުންހުރި މަޢުލޫމާތު އެއްކޮށް، އިތުރަށް ބަލަންޖެހޭކަމަށް ފާހަގަކުރެވޭ ކޮރަޕްޝަންގެ ކަންކަން އިތުރަށް ދިރާސާކޮށް އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރުމާއި، މިގޮތަށް ބަލަމުންދާ ކަންކަމުގައި އަވަހަށް ފިޔަވަޅުއަޅަންޖެހޭކަމަށް ފާހަގަކުރެވޭ ކަންކަން ލީޑް ނުވަތަ ސެކްޝަން ހެޑު ނުވަތަ ޑިޕާޓްމަންޓް ހެޑުގެ ސަމާލުކަމަށް ގެނައުން.
|
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:
|
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ 10% )
- އިމްތިޙާން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
|
|
އެޕްލިކޭޝަން ސުންގަޑި:
|
21 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
|
|
ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )
|
|
އިތުރު މަޢުލޫމާތު:
|
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
|
|
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015217 / 3015265
އީމެއިލް: [email protected]
|