ދިވެހިރާއްޖެ
އިޢުލާން
މާކުރަތު ސްކޫލް ބެލެނިވެރިންގެ ހިޔާ މަރާމާތު ކުރުމާ ގުޅޭ
މި އިދާރާގެ ނަންބަރު : (IUL)305/305/2026/74(06 ޖުލައި 2026 ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ރ. މާކުރަތު ސްކޫލްގެ ބެލެނިވެރިންގެ ހިޔާ ފައިބަރުކޮށް، މަރާމާތުކުރުމުގެ މަސައްކަތް މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ ކުރެހުމުގައިވާ ގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކޯޓޭޝަން ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.
- މަސައްކަތަށް ކަނޑައަޅާ އަގު އެނގޭނެ ގޮތަށް ތަފްޞީލާއެކު ހުށަހެޅުން (ކޯޓޭޝަން).
- މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
މި އިޢުލާނާއެކު ކުރެހުމާއި މިންތަކުގެ ތަފްޞީލު ޢާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 މުޙައްރަމް 1448