ބީލަން
ނަންބަރު: (IUL)291/291/2026/27
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި:
22 ޖުލައި 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
ޅޮހި ޕްރީސުކޫލް މަރާމާތުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން:
ޅޮހި ޕްރީސުކޫލް ހިންގާ އިމާރާތުގެ މަރާމާތު މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓާރ ކުރެއްވުމުން މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ފޮނުވައިދެވޭނެއެވެ. އަދި، ތިރީގައި ދަންނަވާފައިވާ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
|
|
ތަފްސީލް:
|
|
އިއުލާން ނަންބަރު
|
(IUL)291/291/2026/27
|
|
އިއުލާނުކުރި ތާރީޚް
|
14 ޖުލައި 2026
|
|
ބީލަމުގެ ނަން
|
ނ.ޅޮހީ ޕްރީސުކޫލް މަރާމާތުކުރުން
|
|
ރަޖިސްޓްރޭޝަން:
|
ރަޖިސްޓަރީވުމަށް ފިތައިލައްވާ |
|
ރަޖިސްޓްރީވެވޭނެ ފަހު ތާރީޚް
|
19 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 13:00 އެވެ.
|
|
އަންދާސީ ހިސާބު ހުށަހެޅުން
|
އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 22 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާގައެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި
|
- ބިޑް ފޯމް ( ކައުންސިލް އިދާރާއިން ދޫކުރާ)
- ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީ
- ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
|
|
ބީލަން ހުޅުވަލެވިފައިވާ ފަރާތްތައް:
|
- މި އިޢުލާނަށް ޕުރޮޕޯސަލް ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
|
|
އިތުރު މަޢުލޫމާތު
|
- އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބް ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ މިންވަރާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާއަށް ލިބިގެން ވެއެވެ.
- މަތީގައި އެވާ ލިންކް މެދުވެރިކޮށް ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސީޓް ފޯރުކޮށްދެވޭނެއެވެ. އަދި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަން ބަލައިގަނެވޭނީ ދެންނެވިފައިވާ ތާރީޚާއި ވަގުތުގެ ކުރިން، ހުރިހައި ލިޔެކިޔުން ފުރިހަމަކޮށް ހުށަހަޅާ އަންދާސީ ހިސާބްތަކެވެ. ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބާތިލްވާނެއެވެ.
- ފޯން: 6560032 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
|
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.