ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/92
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 23 ޖުލައި 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެކް ކްރޫ - ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޑެކް ކްރޫ

ބޭނުންވާ ޢަދަދު

 02  

ވަޒީފާގެ ބާވަތް

 01 ކޮންޓްރެކްޓް ( ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޖަޒީރާ ރީފާރ/ޕިޝް ޕރޮކިއޯމަންޓް އެންޑް ލޮޖިސްޓިކްސް ޑިޕާރޓްމަންޓް/ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

 3،600.00 ރުފިޔާ

އިތުރު އިނާޔަތްތައް:

މިނިމަމްވޭޖް އެލަވަންސް:1،764.00 (އަސާސީ މުާރައިގެ %49)

ސާރވިސް އެލަވަންސް:2،700.00 (އަސާސީ މުސާރައިގެ %75)

ހާރޑްޝިޕް އެލަވަންސް:1،800.00 (އަސާސީ  މުސާރައިގެ %50)

ޑެކް އެލަވަންސް:1،500.00

ޝަރުޠު:

ގިނަވަގުތު މަސައްކަތް ކުރެވޭނެ ޞިއްޙަތު ރަގަޅު ފަރާތެއް ކަމުގައިވުން 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ބޯޓުފަހަރުގެ ޑިއުޓީ ކުރުން.
  • ގަންނަ މަސް ބަރުކުރުމާއި މަސް ހުސްކުރުން.
  • އައިސް ނެގުމާއި އައިސް ކުރުން.
  • ބޯޓުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

މި މަޤާމަށް މީހަކު ހޮވާނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމަށް ބާއްވާ އިންޓަވިއުއަށް ފަހުގައެވެ. (އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.)

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް
  • ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަންއަށް ނުވަތަ އީމެއިލް ކުރައްވާނީ  [email protected]  އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 23 ޖުލައި 2026 ދުވަހުގެ މެންދުރު 12:00 ގެ ކުރިން
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް:  މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޖުލައި 2026