މަސައްކަތް
ނަންބަރު: (IUL)300-EC/300/2026/31
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 23 ޖުލައި 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް މާލިކުގައި ކުލަލާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އިޢުލާން

 

       

 މަސްޖިދުލް މާލިކުގައި ކުލަލާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

          މަސްޖިދުލް މާލިކުގެ ސަރަހައްދު ފާރުގެ އެތެރެއާއި ބޭރުގައި ކުލަކަހާ ކުލަލާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  ރަސްގެތީމު ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރުން

14 ޖުލައި 2026 އިން 20 ޖުލައި 2026 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު ފަހު 13:00 އަށް ރަޖިސްޓްރީވުމަށް ރަސްގެތީމު ކައުންސިލް އިދާރާގެ މެއިލް އެ އެޑްރެސް: [email protected] އަށް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 13:15 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

            މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

14 ޖުލައި 2026