ބީލަން
ނަންބަރު: (IUL)252/252/2026/105
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 20 ޖުލައި 2026 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ތަރައްޤީ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

.

                     

 

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ ތަރައްޤީ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

         ހއ.ފިއްލަދޫ ކައުންސިލްގެ ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހުގެ (2027 – 2031) ތަރައްޤީ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

         ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ލިންކް: https://docs.google.com/forms/d/e/1FAIpQLSdDDtjqxjcsE3RsFocwC22TA6PdYun4U9csBUi6abU_ecc9YA/viewform?usp=pp_url

ތަފްސީލް

ތާރީޚް

ގަޑި / ތަން

ރަޖިސްޓްރީ ވުމަށް

20 ޖުލައި 2026 (ހޯމަ)

13:00 ކުރިން (އޮންލައިންކޮށް ލިންކް މެދުވެރިކޮށް)

ބިޑް ހުށައެޅުން އަދި ހުޅުވުން

28 ޖުލައި 2026 (އަންގާރަ)

13:00ގައި / ހއ.ފިއްލަދޫ ކައުންސިލްގެ އިދާރާގެ މީޓިންރޫމުގައި

 

  

 

 

 

       ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުށައަޅާނީ

 ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                       29 މުޙައްރަމް 1448        

                       14 ޖުލައި 2026    

 

    

 

 

14 ޖުލައި 2026