ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށް ގެންދާ ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓު (ބީ.ޓީ.އާރު) ޕްރޮޖެކްޓަށްޕްރޮޖެކްޓަށް ޕްރޮޖެކްޓް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދަން ބޭނުންވެއެވެ. މިޕްރޮޖެކްޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ އެހީގައި މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މިވަޒީފާގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ.
ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ، ޝަރުތުހަމަވާ ފަރާތްތަކުން 22 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން؛ އީމެއިލްގެ ޒަރިއްޔާ އިން ތިރީގައިވާ އީމެއިލް އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދި ހުށަހަޅާ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ސިޓީ
- ތަޢުލީމީ ފެންވަރު އަންގައިދޭ އެކްރެޑިޓަޑް ސެޓިފިކެޓު
- ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ
- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ
- ޕްރޮޖެކްޓް މުވައްޒަފެއް ނަމަ ޕްރޮޖެކްޓް ޑިރެކްޓަރގެ "ނޯ އޮބްޖެކްޝަން" ސިޓީ
- ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ
އެޑްރެސް ކުރާނެގޮތް:
"ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯރޓް (ބީ.ޓީ.އާރް)" ޕްރޮޖެކްޓަށް ޕްރޮޖެކްޓް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕީ.އެފް. އޭ. އޯ.) އެއް ހޯދުމައި ގުޅޭ
ހިއުމަން ރިސޯސް ޑިވިޜަން
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ފާށަނާ މާލަން، ދަރުބާރުގެ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3018300
އީމެއިލް: [email protected] ވެބްސައިޓް: www.environment.gov.mv
ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ.