ދިވެހިރާއްޖެ
އިޢުލާން
ގެސްޓް ހައުސް ހަދާ ހިންގުމަށް އއ. މަތިވެރީ ޓޫރިޒަމް ޒޯން 2 ގެ ޕްލޮޓް 1 އަދި 4 ކުއްޔަށް ދޫކުރުމުގެ ބީލަން ހުށަހަޅާ މުއްދަތު ބަދަލު ގެނައުމާބެހޭ
ގެސްޓް ހައުސް ހަދާ ހިންގުމަށް މިރަށުގެ ޓޫރިޒަމް ޒޯން 2 ގެ ޕްލޮޓް 1 އަދި 4، 5000 (ފަސްހާސް) އަކަފޫޓުގެ 2ބިން 30 (ތިރީސް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ މިކައުންސިލްގެ ނަމްބަރު (IUL)342/INDIV/2026/57 އަދި (IUL)342/INDIV/2026/58 (1 ޖުލައި 2026) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ ނަމްބަރުގެ ދެ އިޢުލާނާއި ގުޅިގެން ހުށަހަޅަންޖެހޭ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 03 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:30 އެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
29 މުޙައްރަމް 1448
14 ޖުލައި 2026