ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)284-PR/284/2026/36
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2026
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި:
20 ޖުލައި 2026 13:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ. މިލަންދޫ ކުނިކޮށި މަރާމާތު މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުން.
ބިޑު ހުށަހެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ށ.މިލަންދޫ ކުނިކޮށި މަރާމާތު މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
- ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މި ބީލަމުގައި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ، ކުންފުންޏާބެހޭ ޤާނޫނު (10/96) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ޕާޓްނަރޝިޕް ޤާނޫނު (13/2011) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕްތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު (3/2007) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ޖުލައި 20 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.milandhoo.gov.mv/f/mea77kwr
- މިބީލަމާއިގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާއެވެ. ބީލަމާއި ގުޅިގެން ބޭނުންވާ ބީލަން ފޮތް އަދި ބިޑް ޑޮކިއުމަންޓްސް ރަޖިސްޓްރީކުރެއްވުމުން މެއިލްކޮށްދެވޭނެއެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2026 ޖުލައި 22 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅާއިރު، ބީލަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު މެންދުރުފަހު 13:00 ގައެވެ.
13 ޖުލައި 2026